ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-MS/312/2023/4
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 17 ޖަނަވަރީ 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަގޯތި ދޫކުރާ ޝަރަހައްދުގައިވާ ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

މިރަށުން ބަންޑާރަގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

                މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވާތީ އެބިމުގައި ވާ ރުއްގަހުގައި މިކައުންސިލުން  "1 އިން 315 މިގޮތަށް ވާނީ ރީންދޫ ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ. 

                ވީމާ މިނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 17 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުމުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. ރުއްގަހުގެ މައުލޫމާތު ފޯރުކޮށްދެއްވާއިރު ރުއްގަހުގެ މިލްކު ސާބިތު ކުރިކަމުގެ ލިޔުން ހުށައެޅުމަށް ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.   

                މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ޖަނަވަރީ 2023