މަސައްކަތް
ނަންބަރު: (IUL)318-HR/318/2023/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 17 ޖަނަވަރީ 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫ ސެންޓްރަލް ޕާކް ޕްރޮޖެކްޓް

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދަރަވަންދޫގައި ތަރައްޤީކުރާ ސެންޓްރަލް ޕާކުގެ ވަށާފާރު ރޭނުމާއި އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.

 

މަޢުލޫމާތު ދިނުން

2023 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުން

2023 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 13:00

04 ޖަނަވަރީ 2023