ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2023/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 11 ޖަނަވަރީ 2023 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން.

     ފުވައްމުލަކު ދޫނޑިގަން އަވަށު ސްޓޯމް ވޯޓަރ ޕަންޕް ބެހެއްޓުމަށް، ކަރަންފޫގެ ބިއްދޮށުގައި ހުރި ތިރީގައި މި ދަންނަވާ ރުއްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

  • ނަންބަރ 1 ޖަހާފައިވާ ފޯދުނު ދިވެހި ރުއް
  • ނަންބަރ 2 ޖަހާފައިވާ  ފޯދުނު ދިވެހި ރުއް
  • ނަންބަރ 3 ޖަހާފައިވާ  ފޯދުނު ދިވެހި ރުއް
  • ނަންބަރ 4 ޖަހާފައިވާ  ނުފޯދޭ ބޮޑު ރުއް

     ވީމާ، މި ރުއްތަކުގެ ވެރިފަރާތެއްވާނަމަ 2023 ޖަނަވަރީ 11 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ކުރިން މި ކައުންސިލުގެ ދަފްތަރުގައި މި ރުއްގަސްތައް ރަޖިސްޓްރީ ކުރެވިފައި ނުވަތަ މިލްކުވެރިކަން ސާބިތުކޮށްފައިވާނަމަ އެކަން އެގޭނެ ލިއުމާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް) ހުށަހެޅުއްވުން އެދެމެވެ.

04 ޖަނަވަރީ 2023