ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2023/02
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި:
11 ޖަނަވަރީ 2023 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން
ފުވައްމުލަކު މާލެގަން އަވަށުގައި ސްޓޯރމް ވޯޓަރ ޕަންޕު ބެހެއްޓުމަށް ރަވެން ގޯތީގެ އިރުއުތުރުފަރާތުގައި ހުރި ރުއްތަކުގެ ތެރެއިން ތިރީގައި މި ދަންނަވާ ރުއްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- 01 ން 06 އަށް ނަންބަރު ޖަހާފައިވާ ދިވެހި ރުއްތައް
ވީމާ މި ރުއްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 2022 ޖަނަވަރީ 11 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސް ކަން އެނގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) ހުށަހެޅުއްވުން އެދެމެވެ.
04 ޖަނަވަރީ 2023