ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/7
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:09
ސުންގަޑި: 08 ޖަނަވަރީ 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެލްޑަރ

ވެލްޑަރ
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މޭސަނަރީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ނުވަތަ)
  • މަސައްކަތާއި ގުޅުންހުރި ސަނަދެއް / ލައިސެންސްއެއް ލިބިފައިވުން.


މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ވެލްޑިންއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ޕްރޮޖެކްޓްތަކާއި، ހަވާލުކުރެވޭ މަސައްކަތްތައް ދެވޭ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުން.
  • ވެލްޑިންގް މަސައްކަތްތަކަށް ބޭނުންކުރާ އިކުއިޕްމެންޓްތަކާއި މެޝިނަރީތައް ސަރވިސްކޮށް / މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން.
  • އެކުގައި މަސައްކަތްކުރާ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، ގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ނުވަތަ ކާޕެންޓްރީ، މޭސަނަރީ އަދި ޕްލަންބިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
  • މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.

މުސާރަ: 12500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv )

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

03 ޖަނަވަރީ 2023