ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2014/172
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 09 ޑިސެންބަރު 2014 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެއިލް ބަހާ މީހުން

މަޤާމު :

ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން

އުޖޫރަ :

  1. ދުވާލަކު 1 ޕޮއިންޓުން 100 ޕޮއިންޓަށް (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 3.75ރ
  2. ދުވާލަކު 101 ޕޮއިންޓުން 150 ޕޮއިންޓަށް (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.00 ރ 
  3. ދުވާލަކު 151 ޕޮއިންޓުން 200 ޕޮއިންޓަށް (އެޑްރެހަށް) ތަކެތި ރައްދުކޮށްފިނަމަ ރައްދުކުރި ކޮންމެ ޕޮއިންޓަކަށް 4.50 ރ 

އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލް ބަހާނަމަ އޮންނަ އުޞޫލުން  ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

މެއިލް އެންޑް ކާރގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

މި މަޤާމުތަކުގެ  ޝަރުޠު :

  • ކަމާގުޅޭ ތަޖުރިބާ ލިބިފައިވުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއް ހުރި މީހަކަށްވުން
  • ކޮންޓްރެކްޓް އުސޫލުން މެއިލް ބަހާ މީހުން 100 ޕޮއިންޓަށް މެއިލް ބެހުމުގެ ޤާބިލުކަން ހުރުމާއެކު އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • އިންޓަރވިއުއިން ފާސްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއި ގުޅޭނޭ ފޯނު ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 9 ޑިސެންބަރު 2014 ވާ އަންގާރަ  ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން، އެދެމެވެ. ސިޓީގައި ގުޅޭނެ ފޯނު ނަންބަރެއް ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ހޮވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯނު: 3009272، 3009273، 3009274

ފެކްސް: 3321559

 

01 ޑިސެންބަރު 2014