ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/8
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:01
ސުންގަޑި:
08 ޖަނަވަރީ 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޯޓް / ލޯންޗް ކުރޫ
ބޯޓް / ލޯންޗް ކުރޫ
ހުޅުމާލެ އޮޕަރޭޝަންސް
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 8 ނިންމާފައިވުން (ނުވަތަ)
- އަސާސީ ތަޢުލީމު ފެންވަރު ހުރުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ކެޕްޓަންގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފަރުވާތެރިކަމާއެކު ވަޒީފާގެ އެންމެހާ ޒިންމާތައް އަދާކުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- އުޅަނދުގައި ހަރުކޮށްފައިހުންނަ ތަކެއްޗާއި ހިފާގެންގުޅޭ ސާމަން ފަރުވާތެރިކަމާއެކު ބަލެހެއްޓުން.
- ކޮންމެދުވަހެއްގެ ރަސްމީ ދަތުރުތައް ނިމުމުން، އުޅަނދުގެ އެތެރެ ސާފުކުރުން.
- ދަތުރުތައް ނިމެންދެން އުޅަނދު އަޅާފައިއޮންނަ ސަރަހައްދުގައި މަޑުކުރުން އަދި އުޅަދުގެ ކެޕްޓަންއަށް އެންގުމަށްފަހު ހުއްދަ ލިބުމުން މެނުވީ އުޅަނދު ދޫކޮށް ނުދިއުން.
- އުޅަނދު ފަޅުގައި އަޅާއިރު އާއި ފުރާއިރު ފަރުވާތެރިކަމާއެކު ކެޕްޓަންގެ އިރުޝާދުގެ ދަށުން އެވަގުތު ކުރަންޖެހޭ މަސައްކަތް ކުރުން، އުޅަނދު އެޅުމުގަ ނުވަތަ ފުރުމުގައި ފަޅުވެރިޔާގެ އިޙުމާލުން ދޯންޏަށް ލިބޭ ގެއްލުމަށް ޒިންމާވުން.
- ސަޕްލައި ބަލާ ކުރާދަތުރުތަކުގައި މުދާ އުފުލުމަށް ފަޅުވެރިންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ދިނުން، އަދި އުޅަނދުގައި ގެންނަ މުދާ ސްޓޯރާއި ހަމަޔަށް ގެނެވެންދެން ފަރުވާތެރިކަމާއިއެކު ބެލެހެއްޓުން.
- އުޅަނދު މަރާމާތަށް ހުޅުމާލެއަށް ނުވަތަ ކައިރި އެހެން ރަށަކަށް އެހެލަން ޖެހިއްޖެ ހާލަތެއްގައި، މަރާމާތުގެ މަސައްކަތް ނިމެންދެން އުޅަނދު ބެލެހެއްޓުމަށް އުޅަނދުގައި ޑިއުޓީއަދާކުރުން، އަދި އުޅަނދު އެހެލުމަށްފަހު ފެހިކަހާ ދަވާދުލުމުގެ މަސައްކަތް ކުރުން.
- ތާވަލާއި އެއްގޮތްވާގޮތުގެ މަތިން އުޅަނދުގެ ބޭރުސާފުކުރުން ( މޫދުގައި ކުރަންޖެހޭމަސައްކަތް ) ފެހިކަހާ ބޮއިސާފްކޮށް ރީތިފެނުން ދޮވުން.
- މަސައްކަތް ކުރާ އުޅަނދު ނޫން އެހެން އުޅަދެއްގެ ފަޅުވެރިއަކަށް ނާދެވިއްޖެ ހާލަތެއްގައި އޮފީހުން އެންގުމުން އެއުޅަދެއްގައި ވަގުތީގޮތުން ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން.
- އެޗްޑީސީ ބަނދަރުގެ ފަޅުތެރޭގައި އޮޔާއެކު ލައްގާ ފުޅި،ދަޅު،ކޮތަޅު އަދި ހުއިފަދަތަކެތި ނަގާ ފަޅުތެރެސާފްކޮށް ބަލަހެއްޓުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ނިޔަމި ކަމުގެ ލައިސެންސް ހާސިލްކޮށްފައިވާ ފަރާތްތަކައް އިސްކަންދެވޭނެ.
- ފަތަން އެގުމާއި ސަލާމާތީ ކަންތައްތައް އެނގުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ އަދި ސިއްޙަތު ސަލާމަތުންހުރި މީހެއް ކަމުގައިވުން.
މުސާރަ: 11,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: ( https://jobs.hdc.com.mv )
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.
03 ޖަނަވަރީ 2023