ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/9
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:01
ސުންގަޑި: 08 ޖަނަވަރީ 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑްރައިވަރ

ޑްރައިވަރ
ހުޅުމާލެ އޮޕަރޭޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • C2, C1, B0, B2, B1 އަދި C0 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން.

މަޤާމުގެ މަސްއޫލިއްޔަތު:
ސުޕަވައިޒަރުގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޝަނުގެ އެއްގަމު އުޅަނދުފަހަރުގެ ދަތުރުތައް ކުރުމާއި ޑްރައިވަރުގެ އެހެނިހެން ޒިންމާތައް އަދާކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ބަރާބަރަށް ގަޑިއަށް ހާޒިރުވުމާއިއެކު އެފަރާތަކާއި ދުއްވުމަށް ހަވާލުކުރެވޭ ވެހިކަލް ސުޕަވައިޒަރު އަންގާގޮތުގެ މަތިން ދުއްވުން.
  • ކޮންމެ ދުވަހެއްގެ މަސައްކަތަށް ބޭނުންވާ ޓޫލްސްތަކާއި، މުވައްޒަފުން ކަނޑައަޅައި ދުވަހުގެ މަސައްކަތްތައް އުސޫލުތަކާއި އެއްގޮތަށް އިންތިޒާމުކޮށް ބެލެހެއްޓުން.
  • ކޮންމެވެހިކަލެއްވެސް ދުއްވުމުގެ ކުރިން ވެހިކަލްގެ އިންޖީން ބަރާބަރަށް މަސައްކަތް ކުރޭތޯބެލުމާއި ވެހިކަލްގެ ތެޔޮ، ފެން، އަދި ފުރޮޅުތަކުގައި ވައި ހުރިތޯބަލައި، ބުރަކި އާއި ސިގްނަލްތައް މަސައްކަތް ކުރޭތޯބެލުން.
  • މަސައްކަތުގެ ތެރޭގައި ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އަންގާ ހައްލުކުރުން.
  • މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • V ކެޓަގަރީގެ ބަރު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މުސާރަ: 12،500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv  )

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

03 ޖަނަވަރީ 2023