ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HMS/1/2023/01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 17 ޖަނަވަރީ 2023 16:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓެކްސް އޮފިސަރ (ޓްރޭނީ)، ވޭމަންޑޫ ކަލެކްޝަން (އޮފިސަރ، AOT)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ނަންބަރު (IUL)220-HMS/1/2022/100 (27 ނޮވެންބަރު 2022) އިއުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، އަލުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

 

މަގާމު:

ޓެކްސް އޮފިސަރ (ޓްރޭނީ)،ވޭމަންޑޫ ކަލެކްޝަން (އޮފިސަރ، AOT)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މީރާ ވޭމަންޑޫ ކަލެކްޝަން ސެންޓަރ / ތ. ވޭމަންޑޫ

އަސާސީ މުސާރަ:

މަހަކު 4,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ޓެކްސް އޮފިސަރ (ޓްރޭނީ)

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 3,100/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް100/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 45/- ރުފިޔާގެ ރޭޓުން

 

ޓެކްސް އޮފިސަރ (ޓްރޭނީ) (ކޮންޓްރެކްޓް)

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 2,100/- ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު 2,325/- ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް100/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 45/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޓެކްސް ބަޔާންތައް ބަލައިގަނެ ޕްރޮސެސްކުރުން

- އާންމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމުގެ ސެމިނާތަކާއި ތަމްރީނު ޕްރޮގްރާމުތަކާ އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުން

- ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން

- ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން

- ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓް ކުރުން

 ޝަރުޠު:

-  އޭލެވެލް 1 (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

 

މަތީގައިވާ ޝަރުތު ހަމަވާ މުވައްޒަފަކު ނުލިބިއްޖެނަމަ ތިރީގައިވާ ޝަރުތަށް،1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ނެގޭނެއެވެ.

-    އޯލެވެލް 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 1 މާއްދާއިން 'ޑީ' ފާސް ނުވަތަ އެޗް.އެސް.ސީ 1 މާއްދާއިން "ޑީ" ފާސް ނުވަތަ ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން

 

 

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

 

ނޯޓް:

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

  

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ޖަނަވަރީ 2023 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ހޮޓްލައިން: 1415

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

03 ޖަނަވަރީ 2023