ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/450/2023/5
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި:
11 ޖަނަވަރީ 2023 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން
އިންޓާރނެއް ހޯދުން:
މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް މީހަކު ބޭނުންވެއެވެ.
މައިގަޑު މަސައްކަތް:
|
- ގެވެށި އަނިޔާ ހުއްޓުވުމަށް އޮތޯރިޓީން ހިންގާ ހޭލުންތެރިކުރުވުމުގެ އެކި މަސައްކަތްތަކުގައާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހިންގާ މިފަދަ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އޮތޯރިޓީގެ ސޯޝަލް މީޑިއާއަށް އެޑްވޮކަސީ ޕޯސްޓްތަކާއި މިނޫންވެސް ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ތައްޔާރުކުރާ ޕޯސްޓްތައް ހެދުމުގައި ބައިވެރިވުން.
- ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ފާހަގަކުރާ ދުވަސްތަކާ ގުޅިގެން ހަރަކާތްތައް ހިންގުން.
- އޮތޯރިޓީން އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ޑިޕާޓްމަންޓްގެ ނުވަތަ އޮތޯރިޓީގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
ޝަރުތު:
|
- މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތައް؛
- ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ 6 (އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ނުވަތަ 7(ބެޗްލަރސް ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
- ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
- މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
- 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ތަޖުރިބާގެ ގޮތުގައި ޑޭޓާ އެންޓްރީ ކުރުން، ރިސާޗް އެކްސްޕީރިއަންސް، ނުވަތާ މައިގަނޑު މަސައްކަތާއި ގުޅުންހުރި އެހެނިހެން ތަޖުރިބާ ބަލައިގަނެވޭނެއެވެ
|
މަސައްކަތް ކުރަންޖެހޭ ވަގުތު:
|
- ހަފްތާ އަކު މަދުވެގެން 20 ގަޑިއިރު.
|
މުއްދަތު:
|
|
އެލަވަންސް:
|
ތަޢުލީމު
|
މަސައްކަތުގެ ތަޖުރިބާއާ ނުލައި ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)
|
މަސައްކަތުގެ ތަޖުރިބާއާއެކު ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)
|
އޭ ލެވެލް
|
15
|
20
|
ޑިޕްލޮމާ (ލެވެލް 5)
|
20
|
25
|
އެޑްވާންސްޑް ޑިޕްލޮމާ(6) އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ )
|
25
|
30
|
ބެޗްލަރސް ޑިގްރީ (ލެވެލް 7)
|
35
|
40
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަނަވަރު (ކަރިކިއުލަމް ވީޓާ).
|
ވީމާ، މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 11 ޖެނުވަރީ 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު ސުންގަޑީގެ ކުރިން އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.
ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: