ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2023/3
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:31
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމް" ފެށުމަށް ރަޖިސްޓްރީ ހުޅުވާލުން

ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް "ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމް" ގެ ނަމުގައި، ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލް މެދުވެރިކޮށް ފަރުވާ ދިނުމަށް ދިގު މުއްދަތުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްލިނިކަލް އަދި ބިހޭވިއަރަލް ބައިތައް ހިމެނޭގޮތަށް ދިގު މުއްދަތަށް ދެމިގެންދާ ޕްރޮގްރާމެއް ގޮތުގައެވެ. އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 04 ޖަނަވަރީ 2023 އިން ފެށިގެން ތިރީގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ރަޖިސްޓަރީވެލައްވާނެ ގޮތުގެ މަޢުލޫމާތު

  • ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓް (އުފަންހިޔާ) ދުރުވެ ރަޖިސްޓަރީވުން  
  • ރަޖިސްޓަރީވުމަށް ދުރުވާއިރު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތާއި، އެފަރާތުގެ އެހީތެރިއެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީ ގެންނެވުން އެދެން  

މި ޕްރޮގްރާމްއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށްޓަކައި ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓްގެ ނަންބަރ 6527694 ގުޅުއްވުން އެދެމެވެ.

03 ޖަނަވަރީ 2023