ދިވެހިރާއްޖެ
އިޢުލާން
ރަށުގެ ބަނދަރުގެ އުތުރުފަރާތުގައި މަސްކަނޑާތަނެށް ހެދުމާ ގުޅޭ
މި އިދާރާއިން ކުރެވުނު ނަންބަރު(IUL)335-AS/335/2022/175 14) ޑިސެންބަރު 2022( އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށަހަޅާފައި ނުވާތީ އެ އިއުލާނު ބާޠިލްކޮށް އަލުން އެ މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.
މި ރަށުގެ ބަނދަރުގެ އުތުރުފަރާތުގައި މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 09 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A
ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މިކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.