މަސައްކަތް
ނަންބަރު: MNU-CA-PAMD/2023/1
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި:
19 ޖަނަވަރީ 2023 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިތަދޫ ކެމްޕަސްގައި ފައްވާރެއް (ފައުންޓެއިނެއް) ހެދުން
- ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސްގައި ފައްވާރެއް (ފައުންޓެއިނެއް) ހެދުމަށް ކުރެވުނު ނަންބަރު: MNU-CA-PAMD/2022/113 (18 ޑިސެމްބަރު 2022) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތުން އަންދާސީ ހިސާބު ހުށަހެޅިއިރު ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް މިމަސައްކަތް ކުރުމަށް އަލުން ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 10 ޖަނަވަރީ 2023 ވަނަ ދުވަހުގެ 10:00 ގައި ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް ގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ: |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ |
ހިތަދޫ ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޝަރަފުއްދީން މަގު، ސ.ހިތަދޫ، ދިވެހިރާއްޖެ ފޯން: 3345242 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 33451093345110، 3345111 އީ-މެއިލް: [email protected] |
02 ޖަނަވަރީ 2023