ދިވެހިރާއްޖެ
މިހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޅ. ކުރެންދޫ ޞިއްޙީމަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ދުވަހުގެ 13:30 އަށް ޅ. އަތޮޅު ހޮސްޕިޓަލް ނުވަތަ ކުރެންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޑިސެންބަރު 2014 ދުވަހުގެ 13:30 އަށް މި ހޮސްޕިޓަލަށް ނުވަތަ ކުރެންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
ޅ.ކުރެންދޫ ޞިއްޙީމަރުކަޒުގެ މަރާމާތުގެ މަސައްކަތަށް ބައެއް ބަދަލު ގެނެވިފައިވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލްގެ ނަންބަރު IUL)LHAH-AH/LHAH/2014/23)ފ(20 އޮކްޓޯބަރ 2014) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ވަނީ ބާޠިލު ކުރެވިފައެވެ.
05 ޞަފަރު 1436