ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)253-CAA/253/2023/1
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 04 ޖަނަވަރީ 2023 14:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކެހުމުގެ ވަޒީފާގެ A2 ފޯމް

2023 ވަނައަހަރު ހއ.މާރަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް އެދި ހުށަހަޅާފައިވާ މަސައްކަތު މަގާމަށް މީހުން ހޯދުމަށްޓަކައި 20  ޑިސެމްބަރ 2022 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-CAA/253/2022/91 ގެ އިޢުލާނުގައިވާ މަސައްކަތު ގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ، އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 10 ޖުމާދަލްއާޚިރާ 1444

 02 ޖަނަވަރީ 2023

 

02 ޖަނަވަރީ 2023