ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B6/1/2023/ 05
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި:
09 ޖަނަވަރީ 2023 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް މާލެ ސިޓީގެ މަގުތަކުގައި އަޅާ ހޮޅިލައިންތަކާއި ބެހޭ އުސޫލަށް ޢަމަލު ކުރުމާއި ގުޅޭ.
ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް މާލެ ސިޓީގެ މަގުތަކުގައި އަޅާ ހޮޅިލައިން އެޅުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލު މާލޭސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 80 ވަނަ ރަސްމީ ޢާންމު ޖަލްސާއިން ފާސްކޮށްފައިވުމާއި އެކު މަތީގައި ދެންނެވިފައިވާ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައި އެވަނީ އެވެ.
ވީމާ" މާލެ ސިޓީގެ ބިމުން ފެންނަގައި ފެން ބޭރުކުރުމަށް މާލޭ ސިޓީގެ މަގުތަކުގައި އަޅާ ހޮޅިލައިންތަކުގެ ކަންކަން ބެލެހެއްޓުމާއި ބެހޭ އުސޫލު" އަށް 01 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
02 ޖަނަވަރީ 2023