ކުއްޔަށް ހިފުން
ނަންބަރު: (IUL)-170-PR-170-2023-01
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 11 ޖަނަވަރީ 2023 13:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބޭނުމަށް 700 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް 03 (ތިނެއް) އަހަރަށް ކުއްޔަށް ހިފުމާއި ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބޭނުމަށް 700 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް 03 (ތިނެއް) އަހަރަށް ކުއްޔަށް ހިފުމާއި ގުޅޭ 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބޭނުމަށް 700 އަކަފޫޓަށްވުރެ ކުޑަ ނޫން ގުދަނެއް 03 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2022/215)  (19 ޑިސެމްބަރ 2022)  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ ޢިއުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުން

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

10 ޖަނަވަރީ 2023 ގެ 13:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

11 ޖަނަވަރީ 2023 ގެ 13:00އަށް

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

 

‏‏ 10 ޖުމާދަލްއާޚިރާ 1444

02 ޖަނަވަރީ 2023