މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/242
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި:
04 ޑިސެންބަރު 2014 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޅ.ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވިގެންދާ އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ޅ.ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވިގެންދާ އިމާރާތުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
05 ޞަފަރު 1436
27 ނޮވެންބަރު 2014