މަސައްކަތް
ނަންބަރު: (IUL)23-AP/1/2014/239
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 04 ޑިސެންބަރު 2014 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2014/224)ފ(18 ނޮވެންބަރު 2014) އާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑުތަކާއި އިވެލުއޭޝަން ޓޫލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 ޑިސެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެންބަރު 2014 ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޞަފަރު 1436       

27 ނޮވެންބަރު 2014