ވަޒީފާގެ ފުރުޞަތު
ނަންބަރު: (I)(I)HR/AP/2022/83
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 08 ޖަނަވަރީ 2023 13:30
ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލަށް ޑެންޓަލް އޮފިސަރުގެ މަގާމަށް ދިވެހިން ހޯދުމާއިގުޅޭ

`

ފުވައްމުލަކު ހޮސްޕިޓަލް

  ފުވައްމުލައް، ދިވެހިރާއްޖެ    

ފުވައްމުލަކު ހޮސްޕިޓަލަށް ޑެންޓަލް އޮފިސަރުގެ މަގާމަށް ދިވެހިން ހޯދުމާއިގުޅޭ

ވަޒީފާގެ ފުރުޞަތު

(I)(I)HR/AP/2022/83: ނަންބަރ

އިޢުލާނު

މަޤާމު:

ޑެންޓަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-278301

ބޭނުންވާ އަދަދު:

01 (ފަހެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ޑެންޓިސްޓް (ޖެނެރަލް)

މަސައްކަތް ކުރަންޖެހޭ ތަން:

ފުވައްމުލަކު ހޮސްޕިޓަލް

އިތުރު އިނާޔަތްތައް

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ބަލިމީހާއާއި އޭނާގެ އާޢިލާއާއި ވާހަކަދައްކާ އެކްސްރޭ، ކުޅުގެ ޓެސްޓްތައް ހަދައި ދަތްޕިލައާއި ކަތުރުކަށިގަނޑާއި، މިތަންތަނާ ގުޅުންހުރި ބައިތަކުގެ ބަލިތަކާއި، ހާނިއްކަތަކާއި އުފެދުމުގައިހުރި އުނިކަންތައްތައް ދެނެގަތުން.

  1. އަނގައިގެ ބަލިތަކުން ރައްކާތެރިކޮށް ދުޅަހެޔޮކަން ދެމެހެއްޓުމަށް ދަތްތަކާ ހިރުގަނޑަށް ފަރުވާދީ އާއްމުން ހޭލުންތެރިކަން ކުރުވުން.
  2. ދަތުގެ ފަރުވާ ދިނުމުގައި ބަލިމީހާއަށް ތަދު އިހުސާސްކުރެވޭ މިންވަރު ކުޑަކުރުމަށް އައްސިކުރުމާއި، ޑެންސިސްޓްރީ ޕްރޮސީޖަރުތަކަށް ފަހު ތަދު މަޑުކުރުމަށް ބޭސްލިޔެދިނުން.
  3. ހަލާކުވެފައިވާ ދަތާއި ފަނިކައިފައި ހުންނަ ދަތްތައް ރަނގަޅުކުރުމަށް އިންޕްލާންޓް، ކްރައުން އަދި ބްރިޖް ރަނގަޅުކުރުން އަދި އޯތިޑޮކްޓިކްސް ފަރުވާ ފަދަ ފަރުވާދިނުން.
  4. ދަތްއުފުރުމާއި ބައޮޕްސީ ހެދުން އޮތޯޑޮންކްޓިސް ފަދަ މެޑިކަލް އޮޕަރޭޝަން ހިމެނޭ ފަރުވާދިނުން.
  5. ޑެންޓަލް ޕްރޮސްތެސިސް ހެދުމަށް ބޭނުންވާ ސައިޒާއި ބައްޓަން ކަނޑައެޅުމަށް ދަތްޕިލައާއި ކަތުރުކަށިގަނޑުގެ މިންތަކާއި އިމްޕްރެޝަން ނެގުން.
  6. ދަތުގެ ފަރުވާއަށް ބޭނުންވާ ސްޕޭސް މެއިންޓަނަރސްއާއި ބްރިޖް ފަދަތަކެތި ޑިޒައިންކުރުމާއި އެތަކެތި ހެދުމާއި ބަލިމީހާގެ އަނގައިގައި ހަރުކުރުމާއި ޑެންޓަލް ޕްރޮސްތެޓިކް ޓެކްނީޝަނުންނަށް ބޭނުންވާ ފެބްރިކޭޝަން އިރުޝާދާއި ޕްރިސްކްރިޕްޝަން ލިޔެދިނުން.
  7. ހަރުކޮށްފައިހުންނަ ވައްތަރާއި ނެގޭ ވައްތަރުގެ ޕްރޮސްތެޓިކްސް ބޭނުންކޮށްގެން އަނގައިގެ ބޭނުން ފުރިހަމައަށް ހިފޭގޮތްހެދުން.
  8. އަނގަޔަށްދިމާވާ ޞިއްޙީ މައްސަލަތަކުގެ އަލީގައި ޑައަބެޓިކްސް ފަދަ އާއްމުބަލިތައް ދެނެގަތުމަށް އެހީތެރިވުން.
  9. އަނގައިގެ ސާފްތާހިރުކަމާއި ނިއުޓްރީޝަންއާއި އަނގައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބަލިމީހާއާއި ޢައިލާއަށް މަޢުލޫމާތުދީ ހޭލުންތެރިކުރުން.
  10. ޑެންޓަލް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑެންޓަލް ހައިޖެނިސްޓުން، ޑެންޓަކް އެސިސްޓެންޓުންނާއި ޓީމުގެ އެހެން މީހުން ސްޕަވައިޒްކުރުން.
  11. ޑެންޓިސްޓްރީގެ ޚިދުމަތްތަކުގައި ގެންގުޅޭ އުސޫލުތަކާ ބެހޭ ދިރާސާތައްކޮށް އެފަދަ މަޢުލޫމާތު ސައިންޓިފިކް ރިޕޯތްތަކުގައި ޝާއިއުކުރުން.

(ތަޢުލީމާއި ތަޖްރިބާ)

މަޤާމުގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ،މަހަކު (ރުފިޔާ)

ސަރވިސް އެލަވަންސް،މަހަކަށް(ރުފިޔާ)

ސީނިއަރ ޑެންޓަލް /ޑެންޓިސްޓް / ޖެނެރަލްއޮފިސަރ

CS14-5

ސީނިއަރ ޑެންޓަލް އޮފިސަރ، ސީ.އެސް 14-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދައިފައިވުން.

22,040/-

8250/-

CS14-4

 ސީނިއަރ ޑެންޓަލް އޮފިސަރ، ސީ.އެސް 14-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދައިފައިވުން.

21070/-

8250/-

CS14-3

ސީނިއަރ ޑެންޓަލް އޮފިސަރ، ސީ.އެސް 14-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދައިފައިވުން.

-/20110

-/8250

CS14-2

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބީ.ޑީ.އެސް ނުވަތަ ބީ.ޑީ.އެސްއާ އެއްފެންވަރުގެ ޑިގްރީއެއް ހާޞިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، ޑެންޓަލް އޮފިސަރެއްގެ މަޤާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

19230/-

8250/-

ޑެންޓަލް އޮފިސަރ/ޑެންޓިސްޓް / ޖެނެރަލް

CS12-5

 ޑެންޓަލް އޮފިސަރ، ސީ.އެސް 12-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދައިފައިވުން.

18350/-

8250/-

CS12-4

ޑެންޓަލް އޮފިސަރ، ސީ.އެސް 12-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދައިފައިވުން.

17490/-

8250/-

CS12-3

ޑެންޓަލް އޮފިސަރ، ސީ.އެސް 12-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދައިފައިވުން.

-/16,630

8,250/-

CS12-2

ޑެންޓަލް އޮފިސަރ، ސީ.އެސް 12-1 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދައިފައިވުން.

-/15,850

8,250/-

CS12-1

މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ބީ.ޑީ.އެސް  ނުވަތަ ބީ.ޑީ.އެސްއާ އެއްފެންވަރުގެ ޑިގްރީއެއް ހާޞިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

-/15,090

-/8,250

އިންޓަރން /ޑެންޓިސްޓް / ޖެނެރަލް

CS6-1

 ބޭސިކް މެޑިކަލް ޑިގްރީއެއް ހާޞިލްކޮށްފައިވުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ވަގުތީގޮތުން ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ވަގުތީ ހުއްދަލިބިފައިވުން.

-/8720

-/4500

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ފޭސްބުކް ޕޭޖް އިން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް،

ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

(ބ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ފުވައްމުލަކު ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ،16 ޖަނަވަރީ 2022 ވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ގެޒެޓް ކޮށް އަދި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

 

02 ޖަނަވަރީ 2022

02 ޖަނަވަރީ 2023