ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2022/94
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 23:05
ސުންގަޑި: 05 ޖަނަވަރީ 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމެއް ހިންގުން

 

 ނ. ކެނދިކުޅުދޫ އ.ތ.މ ކޮމިޓީއިން އިސްނަގައިގެން ކެނދިކުޅުދޫގެ އެކި އުމުރުފުރާތަކުގެ އަންހެނުންނަށް ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް މިވަނީ ނިންމާފައެވެ. މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 05 ޖެނުއަރީ 2023 ގައެވެ.

 

އެގޮތުން މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންއާއި ގުޅިގެން 1 ހަފްތާގެ މުއްދަތަށް ކަމުގައި ދަންނަވަމެވެ. އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން އަންހެނުންނަށް ޚާއްސަ އެއްގަމުގެ އަދި މޫދު ކަސްރަތުތައް ހިމެނޭހެން މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ވުމާއެކު، ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ޢުމުރަށް ބެލުމަށްފަހު ޕްރޮގްރާމް ބަހާލެވިގެންދާނެކަމުގައި ދަންނަވެމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ އަންހެން ކަނބަލުން، ޕްރޮގްރާމުގައި ބައިވެރިވުމަށް އ.ތ.މ ކޮމިޓީގެ ރައީސް، ޢާއިޝަތު އީސާ (7781239) އަދި އ.ތ.މ ކޮމިޓީގެ ނައިބު ރައީސް، ނަޛްފާ މުޙައްމަދު ސަޢީދު(9661385)  އަށް ގުޅުއްވައިގެން ނުވަތަ މެސެޖުކުރައްވައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

31 ޑިސެންބަރު 2022

 

31 ޑިސެންބަރު 2022