ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ބޭނުންވާ ކަދުރު ރުއް ރަށުކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކޮށްދިނުމާއި ބިޑު ހުށަހަޅާ ފޯމު ދޫކުރުން |
09 ޖަނަވަރީ 2023 |
ހޯމަ |
11:00 |
ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި |
18 ޖަނަވަރީ 2023 |
ބުދަ |
11:00 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޖުމާދަލްއާޚިރާ 1444