ނޫސްބަޔާން
ނަންބަރު: (IUL)218/218/2022/17
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:48
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.ކިއު.އޭ އިން އެކްރެޑިޓްނުކޮށް ކޯސްތައް ހިންގުމާއި އިޝްތިހާރު ކުރުމާ ބެހޭ

ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވާއިދުގެ 5 ވަނަ މާއްދާ ގެ ދަށުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމުގެ ކުރިން މި އޮތޯރިޓީން އެކްރެޑިޓް ކުރަންޖެހެއެވެ. އެހެންނަމަވެސް، މި އޮތޯރިޓީން އެކްރެޑިޓްކޮށްފައި ނުވާ ޕްރޮގްރާމްތައް އިޝްތިހާރު ކުރަމުންދާ ކަމަށް ފާހަގަކުރެވެއެވެ. މިގޮތުން، މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް އެކްރެޑިޓްނުކޮށް ހިންގުމާއި އިޝްތިހާރު ކުރުމަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެ ދަށުން ހަދައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "އެކްރެޑިޓޭޝަން ޤަވާއިދު" ގެ 29 ވަނަ މާއްދާ އާއި "ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން" ގެ 7 ވަނަ މާއްދާ ގެ (b) ގެ ދަށުން މަނާ ކަމެކެވެ.

 

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ނުފެތޭ ގޮތަށް އަދި މި އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ ޕްރޮގްރާމްތަކެއް ގެ ގޮތުގައި ޢާއްމުންނަށް އޮޅުން އަރާގޮތަށް އިޝްތިހާރުކުރަމުންދާ ކަން ޢާއްމުން ގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

29 ޑިސެންބަރު 2022