މަސައްކަތް
ނަންބަރު: (IUL)337/337/2022/115
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 05 ޖަނަވަރީ 2023 12:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. މާފުށީގައި އެއްގަމު ލައިސަންސް ދޫކުރުމަށް ރޭމްޕެއް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

ނަމްބަރ: (IUL)337/337/2022/115

އިޢުލާން

 

ކ. މާފުށީގައި އެއްގަމު ލައިސަންސް ދޫކުރުމަށް ރޭމްޕެއް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

 

މި ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކ. މާފުށީގައި ކުރީގެ ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒު ހުރި ބިމުގައި އެއްގަމު ލައިސަންސް ދޫކުރުމަށް ރޭމްޕެއް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި އިޢުލާނާއިއެކު މިމަސައްކަތުގެ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ އަދި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް   [email protected] އަށް  މަޢުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

 

ބީލަން ރަޖިސްޓްރީ ކުރުން:

 05 ޖެނުއަރީ 2023 ވަނަ ދުވަހުގެ 12:00 ގެކުރިން

މަޢުލޫމާތު ސާފުކުރުން:

02 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހެޅުން:

05 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.  ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 ޑިސެމްބަރު 2022

29 ޑިސެންބަރު 2022