މަސައްކަތް
ނަންބަރު: (IUL)428-A/1/2022/51
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 08 ޑިސެންބަރު 2022 12:00
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

 

ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

 

 

ހ. ފުލިދޫގެ ދެވަނަ ފަންގިފިލާގައި ހިންގަމުންދާ މި އޮތޯރިޓީގެ މަސައްކަތްތައް ހުޅުމާލޭގައި އަލަށް ބިނާކުރި އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ބަދަލުކުރުމަށާއި އެ ފަންގިލާގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އޮތޯރިޓީއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 ޖެނުއަރީ 04 ގެ 12:00 ގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. ފުލިދޫގެ 2 ވަނަ ފަންގިފިލާގައެވެ. އަދި ހުޅުމާލޭ އޮފީސް އިމާރާތުގައި ކުރަންހުރި މަސައްކަތްތައް ދެއްކުމާއި އިތުރު މައުލޫމާތު ދިނުން 2023 ޖެނުއަރީ 05 ގެ 10:00 ގައި އެ އިމާރާތުގެ 5 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖެނުއަރީ 08 ގެ 12:00 ގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. ފުލިދޫގެ 2 ވަނަ ފަންގިފިލާގައެވެ.

06 ޖުމާދަލްއާޚިރާ 1444

29 ޑިސެންބަރު 2022

29 ޑިސެންބަރު 2022