ދިވެހިރާއްޖެ
(IUL)307/INDIV/2022/95 :ނަންބަރު
މި ރަށުގެ އޮޑިއެހެލާ ބޭލުމަށް ހެދިފައިވާ ޤަވާއިދުގެ ދަށުން، އޮޑިދޯނި ފަހަރު އެހެލާ ބާލާ ސަރަޙައްދުގައިވާ އުޅަނދުތަކަށް އަރާފައިވާ ކުލި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ބަހާލައިގެން ދެއްކޭނެ ފުރުޞަތު، އެ ކަމަށްއެދި ހުށަހަޅާ ފަރާތްތަކަށް ދިނުމަށް، މި ކައުންސިލްގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 42 ވަނަ (14 ޑިސެންބަރު 2022) ޖަލްސާއިން ނިންމާފައިވާތީ ދަންނަވަމެވެ.
ދެންނެވުނު ފުރުޞަތު ބޭނުންވެލައްވާ ފަރާތްތަށް، 05 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ފުރުޞަތަށް އެދި، ރަސްމީކޮށް، ލިޔުމުން، މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިކަމާގުޅޭގޮތުން، އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ރަސްމީގަޑީގައި، މި އިދާރާގެ ނަންބަރު 6580052 އަށް، އީމެއިލް: [email protected] އަދި ކައުންސިލް މެންބަރު، އިބްރާހީމް ނުހާން (7801241) އާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.