މަޤާމު
|
ސައިކޮލޮޖީ އެސިސްޓެންޓް
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މަޤާމް ގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ޑިވިޝަން / ސެކްޝަން
|
ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް
|
މުސާރަ:
|
މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2500 ރުފިޔާ
|
ޓެކްނިކަލް ކޯ އެލަވަންސް:
|
މަހަކު 1762.60 ރުފިޔާ (މުސާރައިގެ %28)
|
އިތުރު އިނާޔަތްތައް
|
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
3. ރިސްކް އެލަވަންސް: -/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- އެނދުމަތި ކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ސައިކޮލޮޖީގެ ޚިދުމަތް ދިނުމުގައި ސައިކޮލޮޖިސްޓަށް އެހީތެރިވުން.
- ސައިކޮމެޓްރިކް ޓެސްޓު މެދުވެރިކޮށާއި، އިންޓަވިއު މެދުވެރިކޮށާއި އަދި ޑައިރެކްޓް ބިހޭވިއަރ އޮބްޒަވޭޝަންގެ ޒަރިއްޔާއިން ބަލިމީހާގެ ސައިކޮލޮޖިކަލް ސްޓޭޓަސް، ނީޑްސް، އެބިލިޓީސް ނުވަތަ ބިހޭވިއަރ އެސެސްކޮށް ދެނެގަތުމުގައި ސައިކޮލޮޖިސްޓުންނަށް އެހީތެރިވެދިނުން.
- ނަފްސާނީ ބަލިތަކާބެހޭ ބަލިމީހުންނަށް ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުމުގައި ސައިކޮލޮޖިސްޓަށް އެހީތެރިވުން.
- ތެރަޕީ، ކައުންސެލިންގ ގެ ޒަރިއްޔާއިން އެކިވައްތަރުގެ ބަލިމީހުންނަށް ބޭނުންވާ ޓްރީޓްމަންޓް ޕްރޮގްރާމް ތައްޔާރުކުރުމުގައި ސައިކޮލޮޖިސްޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ، ޑިޕްރެޝަން، އެޑިކްޝަން، ސޯޝަލް އަދި އިންޓަރޕާސަނަލް މައްސަލަތަކާއި ޗެލެންޖިންގ ބިހޭވިއަރ ފަދަ ކަންކަން ދިމާވެފައިވާ ނަފްސާނީ ބަލިމީހުންނަށް ތެރަޕީތަކާއި އަދި ޓްރީޓްމަންޓް ދިނުމުގައި ސައިކޮލޮޖިސްޓަށް އެހީތެރިވުން.
- ބަލިމީހުންގެ ރިކޯޑުތައް ގަވާއިދުން ބެލެހެއްޓުން. މިގޮތަށް ބެލެހެއްޓޭ ރިކޯޓުތަކުގެ އެހީގައި ބަލިމީހާގެ ޕްރޮގްރެސް ދެނެގަނެ މޮނިޓަރ ކުރުމުގައި ސައިކޮލޮޖިސްޓަށް ބޭނުންވާ އެހީތެރިކަން ދިނުން.
- ހޮސްޕިޓަލުގެ އެހެން ސްޕެޝަލިޓީ ޑިޕާޓްމަންޓުތަކާއި ގުޅިގެން ސައިކޮލޮޖިކަލް ސަރވިސަސް ޚިދުމަތް ދިނުމުގައި ސައިކޮލޮޖިސްޓަށް އެހީތެރިވުން.
- ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާއިން ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ފުރުސަތުތަކުގައި ބައިވެރި ވުމާއި އެކަންކަމުގައި އުޅުން.
- ޑިޕާޓްމަންޓުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތައް ކުރުން.
|
މަޤާމުގެ ޝަރުތު
|
- ސައިކޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
|
ތަޢުލީމީ ރޮނގުތައް
|
ސައިކޮލޮޖީ
|
މަސައްކަތުގެ ދާއިރާ
|
ސައިކޮލޮޖީ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖަނަވަރީ 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|