މުބާރާތް
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:46
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޤުުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ޤަވާއިދަށް އިޞްލާޙުގެނައުމާއިގުޅޭ

 

ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ޤަވާއިދު ގެ 17 ވަނަ ޕޮއިންޓަށް ބަދަލު ގެނެވިފައިވާތީ ގެނެވުނު ބަދަލާއިއެކު ޤަވާޢިދު އަލުން ޢާއްމުކޮށް އިޢުލާންކުރަމެވެ. 

 

ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް

 

ދިވެހިރާއްޖޭގެ ޤުރްއާން ކިޔެވުމުގެ 35ވަނަ ޤައުމީ މުބާރާތް 23 ޑިސެންބަރު 2022އިން 01 ޖަނަވަރީ 2023ގެ ނިޔަލަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 

މުބާރާތުގެ ޤަވާޢިދު :

މިއީ ކީރިތި ޤުރްއާނާބޭހޭ ޤައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ޤަވާޢިދެވެ.

  1. މުބާރާތުގެ މަޤްޞަދުތައް:

1.1. ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުން.

1.2. ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށާއި، ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދިނުން.

1.3. ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުން.

1.4. ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން.

1.5. ޤާރީންނާއި ޙާފިޡުން  އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުން.

1.6. ބައިނަލް އަޤްވާމީ މުބަރާތްތަކަށް ބޭނުންވާ ބައިވެރީންގެ އާރެއް އުފެއްދުން.

1.7. ދިވެހީންގެ އެއްބައިވަންތަ ކަމާއި އެކުވެރިކަން ޤާއިމުކުރުމަށާއި އެކަމުގެ ރޫޙު އަށަގެންނެވުން.

1.8. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުން.

1.9. ދިވެހިރައްޔިތުންނަށް ޤުރްއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދީ، ކީރިތި ޤުރްއާނަށް ހިތް ޖެއްސުން.

  1. މުބާރާތުގެ އިންތިޒާމު ކޮމިޓީ:

2.1. ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެންމެހައި ކަންތައްތައް ރާވާ، އިންތިޒާމްކޮށް ތަންފީޒު ކުރާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ މެމްބަރުންގެ ކޮމިޓީއަކުންނެވެ. މި ކޮމިޓީ އެކުލަވާލާނީ ޕޮލިސީ ކޮމިޓީންނެވެ.

 

  1. މުބާރާތް ހުޅުވާލާފައިވާ ފަރާތްތައް:

މި މުބާރާތް އޮންނާނީ ތިން ބަޔަކަށެވެ. އެއީ:

3.1. ޙާފިޡުންގެ ބައި:

މިއީ ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މުޅި ޤުރްއާން ހިތުދަސް ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ބައެކެވެ. މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބޭނުން ޢަދަދަކަށް ޙާފިޡުން ބައިވެރި ކުރެވިދާނެއެވެ. އަދި އަމިއްލަގޮތުން ވެސް މި ބައިގައި ބައިވެރި ވެވިދާނެއެވެ. މި ބައިގައި ބައިވެރި ވުމަށް ޙާފިޡުކަމުގެ ސަނަދު ހުށައަޅަންޖެހޭނެއެވެ.

3.2. ސްކޫލް ކުދިންގެ ބައި:

މި ބައިގައި ބައިވެރިވާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރާއްޖޭގެ  ސްކޫލް-މަދަރްސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނެވެ.

3.3. މުއައްސަސާތަކުގެ ބައި:

މި ބައި ހުޅުވާލައިފައި ވަނީ ކަމާބެހޭ އިދާރާއެއްގައި އުނގަންނައިދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނަށާއި، އިސްލާމްދީނަށް ޚިދްމަތްކުރުން އެ ފަރާތެއްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ  ކުލަބު ޖަމްޢިއްޔާތަކަށެވެ.

  1. މުބާރާތް ބާއްވާ ތާރީޚު:

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ޑިސެމްބަރ 2022 އިން 1 ޖެނުއަރީ 2023 އަށެވެ.

  1. މުބާރާތުގެ ގޮފިތައް:

5.1. ބަލައިގެން ކިޔެވުމުގެ ގޮފި

5.2. ނުބަލައި ކިޔެވުމުގެ ގޮފި

5.3. ޙާފިޡުންގެ ގޮފި

 

  1. މުބާރާތުގެ މުޤައްރަރު

6.1. މުއައްސަސާތަކުގެ ބައި:

ނުބަލާ ކިޔެވުން

ބަލައިގެން ކިޔެވުން

#

ބައިތައް

މުޤައްރަރު

#

ބައިތައް

މުޤައްރަރު

ފެށޭކޮޅު

ނިމޭކޮޅު

ފެށޭކޮޅު

ނިމޭކޮޅު

  1.  

3 ފޮތުގެ ބައި

ފޮތް 1 - 3

ފޮތް 28 - 30

  1.  

5 ފޮތުގެ ބައި

ފޮތް 1 - 5

ފޮތް 26 - 30

  1.  

6 ފޮތުގެ ބައި

ފޮތް 1 - 6

ފޮތް 25 - 30

  1.  

10 ފޮތުގެ ބައި

ފޮތް 1 - 10

ފޮތް 21 - 30

  1.  

10 ފޮތުގެ ބައި

ފޮތް 1 - 10

ފޮތް 21 - 30

  1.  

15 ފޮތުގެ ބައި

ފޮތް 1 - 15

ފޮތް 16 - 30

  1.  

20 ފޮތުގެ ބައި

ފޮތް 1 - 20

ފޮތް 11 - 30

  1.  

20 ފޮތުގެ ބައި

ފޮތް 1 - 20

ފޮތް 11 - 30

  1.  

ޙާފިޡުންގެ ބައި

ފޮތް 1 - 30

  1.  

30 ފޮތުގެ ބައި

ފޮތް 1 - 30

 

6.1.1.   ތިން ފޮތުގެ ބައިން ނުބަލާ ކިޔެވުމުގެބަޔާއި، ފަސް ފޮތުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިގައި، ބައިވެރި ވެވޭނީ، ޢުމުރުން 15 އަހަރު ނު ފުރޭ ނަމައެވެ.

6.1.2.   ހަ ފޮތުގެ ބައިން ނުބަލާ ކިޔެވުމުގެބަޔާއި، ދިހަ ފޮތުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިގައި، ބައިވެރި ވެވޭނީ، ޢުމުރުން 20 އަހަރު ނު ފުރޭ ނަމައެވެ.

6.1.3.   ދިހަ ފޮތުގެ ބައިން ނުބަލާ ކިޔެވުމުގެބަޔާއި، ފަނަރަ ފޮތުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިގައި، ބައިވެރި ވެވޭނީ، ޢުމުރުން 30 އަހަރު ނު ފުރޭ ނަމައެވެ.

6.1.4.   ވިހި ފޮތުގެ ބައިން ނުބަލާ ކިޔެވުމުގެބަޔާއި، ވިހި ފޮތުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިގައި، ބައިވެރި ވެވޭނީ، ޢުމުރުން 40 އަހަރު ނު ފުރޭ ނަމައެވެ.

6.1.5.   ތިރީސް ފޮތުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިގައި، ބައިވެރި ވުމަށް ވަކި ޢުމުރެއް ކަނޑައެޅިފައެއް ނުވެއެވެ.

6.1.6.   ޙާފިޡުންގެ ބައިގައި ބައިވެރި ވުމަށް ވަކި ޢުމުރެއް ކަނޑައެޅިފައެއް ނުވެއެވެ.

6.1.7.   މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖެނުއަރީ 2023 އަށެވެ.

 

6.2. ސްކޫލްކުދިންގެ ބައި:

#

ކީ ސްޓޭޖްތައް

ނުބަލާ ކިޔެވުން

ބަލައިގެން ކިޔެވުން

ފެށޭކޮޅު

ނިމޭކޮޅު

ފެށޭކޮޅު

ނިމޭކޮޅު

  1.  

ފައުންޑޭޝަން

ފާތިޙާ 1 - ބަޤަރާ 77

އަޢްލާ 1 – ނާސް 6

1 ވަނަ ފޮތް

30 ވަނަ ފޮތް

  1.  

ކީ ސްޓޭޖް 1

1 ވަނަ ފޮތް

30 ވަނަ ފޮތް

ފޮތް 1 - 3

ފޮތް 28 - 30

  1.  

ކީ ސްޓޭޖް 2

ފޮތް 1 - 3

ފޮތް 28 - 30

ފޮތް 1 - 7

ފޮތް 24 - 30

  1.  

ކީ ސްޓޭޖް 3

ފޮތް 1 - 5

ފޮތް 26 - 30

ފޮތް 1 - 10

ފޮތް 21 - 30

  1.  

ކީ ސްޓޭޖް 4

ފޮތް 1 - 7

ފޮތް 24 - 30

ފޮތް 1 - 15

ފޮތް 16 - 30

  1.  

ކީ ސްޓޭޖް 5

ފޮތް 1 - 10

ފޮތް 21 - 30

ފޮތް 1 - 30

  1.  

ޙާފިޡުންގެ ބައި

ފޮތް 1 - 30

 

 

  1. މުބާރާތުގައި ބައިވެރިކުރެވޭނެ ޢަދަދު:

7.1. މުއައްސަސާތަކުގެ ބައި:

މުބާރަތުގައި ބައިވެރި ވެވޭ ކޮންމެ މުއައްސަސާއަކަށް ވެސް މި ބައިގައި ބައިވެރި ކުރެވޭނެ ބައިވެރިންގެ ޢަދަދު ކަނޑައެޅިފައި ވަނީ އަންނަނިވި ގޮތަށެވެ.

ނުބަލާ ކިޔަވާބައިގެ ބައިވެރިންގެ ޢަދަދު

ބަލައިގެން ކިޔަވާބައިގެ ބައިވެރިންގެ ޢަދަދު

  1.  

3 ފޮތުގެ ބައި

1

  1.  

5 ފޮތުގެ ބައި

1

  1.  

6 ފޮތުގެ ބައި

1

  1.  

10 ފޮތުގެ ބައި

1

  1.  

10 ފޮތުގެ ބައި

1

  1.  

15 ފޮތުގެ ބައި

1

  1.  

20 ފޮތުގެ ބައި

1

  1.  

20 ފޮތުގެ ބައި

1

  1.  

ޙާފިޡުންގެ ބައި

ވަކި ޢަދަދެއް ނެތް

  1.  

30 ފޮތުގެ ބައި

1

 

7.2. ސްކޫލް ކުދިންގެ ބައި:

7.2.1.   ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރި ވެވޭނެއެވެ. ސިޓީތަކުގެ ސްކޫލްތަކުން މުބާރަތުގައި ބައިވެރި ވެވޭނެ ދަރިވަރުންގެ ޢަދަދު ކަނޑައެޅިފައި ވަނީ އަންނަނިވި ގޮތަށެވެ.

#

ކީ ސްޓޭޖްތައް

ނުބަލާ ކިޔަވާބައިގެ ދަރިވަރުންގެ ޢަދަދު

ބަލައިގެން ކިޔަވާބައިގެ ދަރިވަރުންގެ ޢަދަދު

ޖުމްލަ

  1.  

ފައުންޑޭޝަން ސްޓޭޖް

1

1

2

  1.  

ކީ ސްޓޭޖް 1

1

1

2

  1.  

ކީ ސްޓޭޖް 2

1

1

2

  1.  

ކީ ސްޓޭޖް 3

1

1

2

  1.  

ކީ ސްޓޭޖް 4

1

1

2

  1.  

ކީ ސްޓޭޖް 5

1

1

2

  1.  

ޙާފިޡުންގެ ބައި

ވަކި ޢަދަދެއް ނެތް

 

ނޯޓް: ހަމައެކަނި 1 ކީ ސްޓޭޖް އޮންނަ ސްކޫލެއް ނަމަ، އެ ސްކޫލަކުން 6 ދަރިވަރުންނަށް ބައިވެރި ވެވޭނެއެވެ. އެއީ ނުބަލާ ކިޔެވުމުގެ ބައިން 3 ދަރިވަރުންނާއި، ބަލައިގެން ކިޔެވުމުގެ ބައިން 3 ދަރިވަރުންނެވެ.

ހަމައެކަނި 2 ކީ ސްޓޭޖް އޮންނަ ސްކޫލެއް ނަމަ، އެ ސްކޫލަކުން 6 ދަރިވަރުންނަށް ބައިވެރި ވެވޭނެއެވެ. އެއީ ނުބަލާ ކިޔެވުމުގެ ބައިން 3 ދަރިވަރުންނާއި، ބަލައިގެން ކިޔެވުމުގެ ބައިން 3 ދަރިވަރުންނެވެ. ކޮންމެ ކީ ސްޓޭޖަކުން ގިނަވެގެން 3 ދަރިވަރުންނެވެ.

7.2.2.   ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލުތަކުން މުބާރާތުގައި ބައިވެރި ވާނީ އަތޮޅު ސުކޫލުތަކުގެ މެދުގައި ބޭއްވޭ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނެވެ.

7.2.3.   އަތޮޅު މުބާރާތް ބާއްވައި، ޤައުމީ މުބާރާތަށް ބައިވެރިން ހޮވާނީ އަތޮޅު ކައުންސިލުންނެވެ. 

7.2.4.   އަތޮޅު މުބާރާތުން ޤައުމީ މުބާރާތަށް ބައިވެރިން ހޮވާނީ އަންނަނިވި ގޮތަށެވެ.

#

ކީ ސްޓޭޖްތައް

ނުބަލާ ކިޔަވާ ދަރިވަރުންގެ ޢަދަދު

ބަލައިގެން ކިޔަވާ ދަރިވަރުންގެ ޢަދަދު

ޖުމްލަ

  1.  

ފައުންޑޭޝަން ސްޓޭޖް

2

2

4

  1.  

ކީ ސްޓޭޖް 1

2

2

4

  1.  

ކީ ސްޓޭޖް 2

2

2

4

  1.  

ކީ ސްޓޭޖް 3

2

2

4

  1.  

ކީ ސްޓޭޖް 4

2

2

4

  1.  

ކީ ސްޓޭޖް 5

2

2

4

  1.  

ޙާފިޡުންގެ ބައި

ވަކި ޢަދަދެއް ނެތް

 

  1. މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:

8.1. ދިވެހި ރައްޔިތެއްކަމުގައިވުން.

8.2. މުބާރާތުގައި ބައިވެރިވާ މުއައްސަސާއަކީ، ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަމުގައިވުން.

8.3. ސްކޫލަކުން ތަމްސީލު ކުރާނަމަ އެ ސްކޫލެއްގެ ދަރިވަރަކަށް ވުން.

8.4. މުބާރާތުގެ ޢާންމު ބައިން ބައިވެރިކުރާ ފަރާތަކީ، ހުށަހަޅާ ފަރާތް ތަމްސީލު ކުރުމަށް އިޢުތިރާޟް ނުކުރާ ފަރާތަކަށް ވުން. އަދި އެހެން ފަރާތަކުން ނަން ހުށަހަޅާފައިވާ ފަރާތަކަށް ނުވުން.

8.5. އެއްވެސް ބައިވެރިއަކަށް މުބާރާތުގެ އެއް ގޮތްޕަށް ވުރެ ގިނަ ގޮފީގައި ބައިވެރި ނުވެވޭނެއެވެ.

8.6. އެއްވެސް ބައިވެރިއަކަށް މުބާރާތުގެ އެއް ބަޔަށް ވުރެ ގިނަ ބައިގައި ބައިވެރި ނުވެވޭނެއެވެ.

  1. މުބާރާތުގައި ބައިވެރިވުން

9.1. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވެވޭނީ މި މުބާރާތަށް ޚާއްޞަ ކުރެވިފައިވާ ޕޯޓަލްގައި ރަޖިސްޓްރީ ވުމުންނެވެ.

9.2. މި މުބާރާތުގެ ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ މުއައްސަސާތައް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

9.3. މުއައްސަސާތައް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވޭނީ، 2 އޮކްޓޯބަރ 2022 އިން 6 އޮކްޓޯބަރ 2022 ގެ ނިޔަލަށެވެ.

9.4. ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވޭނީ 16 އޮކްޓޯބަރ 2022 އިން 02 ނޮވެމްބަރ 2022 ގެ ނިޔަލަށެވެ.

9.5. އަތޮޅުތަކުގެ ސްކޫލްތަކުން ހޮވާލެވޭ ބައިވެރިން މުބާރާތުގައި ރަޖިސްޓްރީ ކުރާނީ އަތޮޅު ކައުންސިލުންނެވެ.

9.6. ސިޓީތަކުގެ ސްކޫލުތަކުން ހޮވާލެވޭ ބައިވެރިން މުބާރާތުގައި ރަޖިސްޓްރީ ކުރާނީ އެ ސްކޫލަކުންނެވެ.

9.7. އުނގަންނައިދޭ ތަންތަނާއި، އިސްލާމްދީނަށް ޚިދްމަތްކުރުން އެ ފަރާތެއްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކްލަބު ޖަމްޢިއްޔާތަކުން މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރާނީ އެ އިދާރާއަކުންނެވެ.

10. އޮފިޝަލުން:

އޮފިޝަލުންނަކީ ޓީމްތަކާއި ހަވާލުވެގެން ތިއްބަވާ އިސްފަރާތްތަކެވެ. މުބާރާތާ  ބެހޭ އެންމެހައި ކަންކަމުގައި  ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން މުޢާމަލާތް ކުރާނީ އެ ފަރާތްތަކާއެވެ. ކޮންމެ ޓީމަކާ ޙަވާލުވެގެން ހުންނަވާނީ އެ މުއައްސަސާއަކުން ކަނޑައަޅާ އެންމެ އޮފިޝަލެކެވެ. އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައިވާ ބޭފުޅުންނަކީ މުބާރާތުގައި އެ މުއައްސަސާއަކުން ބައިވެރި ކުރާ ކުދިންގެ ހުރިހާ ޒިންމާއެއް ނަގާނޭ ފަރާތެއް ކަމުގައި ވާން ވާނެއެވެ.

11. މުބާރާތުގެ ފަނޑިޔާރުން:

މުބާރާތުގައި ދެ ގޮތްޕަށް ފަނޑިޔާރުންގެ ދެ ކޮމެޓީއެއް އެކުލަވައި ލެވޭނެއެވެ. ކޮންމެ ކޮމެޓީއެއްގައި ތިބޭނީ ތިން ފަނޑިޔާރުންނެވެ. މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލް އެކުލަވާލާނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުންނެވެ.

12. މުބާރާތުގެ ފަނޑިޔާރުންގެ ޝަރުޠު:

12.1.                  ޤުރްއާނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.

12.2.                  ޢުމުރުން 25 އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.

12.3.                  ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުވެރިއަކު ކަމުގައި ވުން.

12.4.                  ޤުރްއާން މުބާރާތްތަކުގައި ފަނޑިޔާރުކަން ކޮށް ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވުން.

12.5.                  މުބާރާތަށް ހޮވިފައިވާ އެއްވެސް ބައިވެރިއަކަށް ތަމްރީނުދޭ މީހެއް ކަމުގައި ނުވުން.

12.6.                  މުބާރާތަށް ހޮވިފައިވާ އެއްވެސް ބައިވެރިއެއްގެ އާއިލާ މީހެއް (ބައްޕަ، މަންމަ، އަނބިމީހާ، ފިރިމީހާ، ދަރިން) ކަމުގައި ނުވުން.

13. މުބާރާތުގައި ވާދަ ކުރެވޭ ބައިތައް:

13.1.                  ބަލައިގެން ކިޔެވުމުގެ ބައި:

13.1.1.                       މި ބައިގައި ކުރާނީ 1 ސުވާލެވެ. ސުވާލުގެ ދިގު މިނަކީ 10 ފޮޅުވަތެވެ.

13.2.                  ނުބަލާ ކިޔެވުމުގެ ބައި:

13.2.1.                       މި ބައިގައި ކުރާނީ 2 ސުވާލެވެ. ސުވާލެއްގެ ދިގު މިނަކީ 5 ފޮޅުވަތެވެ.

13.3.                  ޙާފިޡުންގެ ބައި

13.3.1.                       މި ބައިގައި ކުރާނީ 4 ސުވާލެވެ. ސުވާލެއްގެ ދިގު މިނަކީ 15 ފޮޅުވަތެވެ.

14. މާކްސް ދިނުމަށް ކަނޑައެޅިފައިވާ ގޮތް

14.1.                  ބޮޑު ކުށަކަށް ކެނޑޭނީ 2 މާކްސް އެވެ.

14.2.                  ކުޑަ ކުށަކަށް ކެނޑޭނީ 1 މާކްސް އެވެ.

14.3.                  ބަލައިގެން ކިޔެވުމުގެ ބައި:

 

ފަނޑިޔާރު 1

ފަނޑިޔާރު 2

ފަނޑިޔާރު 3

ޖުމްލަ

ބޮޑު ކުށް

ކުޑަ ކުށް

އަޑާއި ރާގު

ފަޞާޙާ

ސުވާލު 1

40

30

20

10

100

އަޑާއި ރާގުގެ ބަޔަށް މާކްސް ދޭ ގޮތް

ވ.ރަނގަޅު

ރަނގަޅު

މެދުމިން

ދެރަ

ވ.ދެރަ

17 - 20

13 - 16

9 - 12

5 - 8

1 - 4

ފަޞާޙާގެ ބަޔަށް މާކްސް ދޭ ގޮތް

ވ.ރަނގަޅު

ރަނގަޅު

މެދުމިން

ދެރަ

ވ.ދެރަ

9 - 10

7 - 8

5 - 6

3 - 4

1 - 2

                   

 

14.4.                  ނުބަލާ ކިޔެވުމުގެ ބައި:

 

ފަނޑިޔާރު 1

ފަނޑިޔާރު 2

ފަނޑިޔާރު 3

ޖުމްލަ

ބޮޑު ކުށް

ކުޑަ ކުށް

އަޑާއި ރާގު

ފަޞާޙާ

ސުވާލު 1

20

15

10

5

50

ސުވާލު 2

20

15

10

5

50

ޖުމްލަ:

40

30

20

10

100

އަޑާއި ރާގުގެ ބަޔަށް ކޮންމެ ސުވާލަކަށް މާކްސް ދޭ ގޮތް

ވ.ރަނގަޅު

ރަނގަޅު

މެދުމިން

ދެރަ

ވ.ދެރަ

9 - 10

7 - 8

5 - 6

3 - 4

1 - 2

ފަޞާޙާގެ ބަޔަށް ކޮންމެ ސުވާލަކަށް މާކްސް ދޭ ގޮތް

ވ.ރަނގަޅު

ރަނގަޅު

މެދުމިން

ދެރަ

ވ.ދެރަ

5

4

3

2

1

                   

 

14.5.                  ޙާފިޡުންގެ ބައި

 

ފަނޑިޔާރު 1

ފަނޑިޔާރު 2

ފަނޑިޔާރު 3

ޖުމްލަ

ބޮޑު ކުށް

ކުޑަ ކުށް

އަޑާއި ރާގު

ފަޞާޙާ

ސުވާލު 1

60

45

30

15

150

ސުވާލު 2

60

45

30

15

150

ސުވާލު 3

60

45

30

15

150

ސުވާލު 4

60

45

30

15

150

ޖުމްލަ:

240

180

120

60

600

އަޑާއި ރާގުގެ ބަޔަށް ކޮންމެ ސުވާލަކަށް މާކްސް ދޭ ގޮތް

ވ.ރަނގަޅު

ރަނގަޅު

މެދުމިން

ދެރަ

ވ.ދެރަ

25 - 30

19 - 24

13 - 18

7 - 12

1 - 6

ފަޞާޙާގެ ބަޔަށް ކޮންމެ ސުވާލަކަށް މާކްސް ދޭ ގޮތް

ވ.ރަނގަޅު

ރަނގަޅު

މެދުމިން

ދެރަ

ވ.ދެރަ

13 - 15

10 - 12

7 - 9

4 - 6

1 - 3

                   

 

  1. ވަނަތައް ހޮވުމުގެ މިންގަނޑުތައް

15.1.                  އެއް ވަނައަށް ހޮވޭނީ %85 އަށް ވުރެ މަތިން މާރކްސް ލިބިގެންނެވެ.

15.2.                  ދެ ވަނައަށް ހޮވޭނީ %80 އަށް ވުރެ މަތިން މާރކްސް ލިބިގެންނެވެ.

15.3.                  ތިން ވަނައަށް ހޮވޭނީ %75 އަށް ވުރެ މަތިން މާރކްސް ލިބިގެންނެވެ.

15.4.                  ވަނަތަކަށް އަންނަ ބައިވެރިޔާ ކަނޑައެޅުމުގައި، އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިންނަށް އެއްވަރަށް މާރކްސް ލިބިއްޖެ ނަމަ:

  • ފުރަތަމަ ބަލާނީ ލަހުނު ޖަލީއަށެވެ. މިބައިން އެންމެ މަތީން މާރކްސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  •  ލަހުނު ޖަލީން އެއްވަރު ވެއްޖެނަމަ، ދެން ބަލާނީ ލަހުނު ޚަފީ އަށެވެ. މި ބަޔަށް ބަލައި މިބައިން އެންމެ މަތީން މާރކްސް ލިބޭ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  • ލަހުނު ޚަފީން އެއްވަރު ވެއްޖެ ނަމަ، ފަޞާޙާގެ ބަޔަށް ބަލައި، މި ބައިން އެންމެ މަތީން މާކުސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  • ފަޞާޙާގެ ބައިން އެއްވަރު ވެއްޖެނަމަ އަޑާއި ރާގަށް ލިބިފައިވާ މާރކްސް އަށް ބަލާ އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތަކަށް ވަނަ ލިބޭނެއެވެ.
  • މި ހުރިހާ ގޮތަކުން ވެސް އެއް ބައިވެރިއަކަށްވުރެ ގިނަ ބައިވެރިން އެއްވަރު ވެއްޖެ ނަމަ، އެ ހުރިހާ ބައިވެރިންނަށް ވެސް ވަނަ ލިބޭނެއެވެ.

 

16. މުބާރާތުގައި ހޮވާ ވަނަތައް

16.1.                  ޙާފިޡުންގެ ބައިން ހޮވާ ވަނަތައް:

  1.  

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

16.2.                  ސްކޫލު ކުދިންގެ ބައިން ހޮވާ ވަނަތައް:

  1.  

ފައުންޑޭޝަން ސްޓޭޖް

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1.  

ކީ ސްޓޭޖް 1

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1. 10.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 11.  

2 ވަނަ ބައިވެރިޔާ

  1. 12.  

3 ވަނަ ބައިވެރިޔާ

  1. 13.  

ކީ ސްޓޭޖް 2

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 14.  

2 ވަނަ ބައިވެރިޔާ

  1. 15.  

3 ވަނަ ބައިވެރިޔާ

  1. 16.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 17.  

2 ވަނަ ބައިވެރިޔާ

  1. 18.  

3 ވަނަ ބައިވެރިޔާ

  1. 19.  

ކީ ސްޓޭޖް 3

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 20.  

2 ވަނަ ބައިވެރިޔާ

  1. 21.  

3 ވަނަ ބައިވެރިޔާ

  1. 22.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 23.  

2 ވަނަ ބައިވެރިޔާ

  1. 24.  

3 ވަނަ ބައިވެރިޔާ

  1. 25.  

ކީ ސްޓޭޖް 4

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 26.  

2 ވަނަ ބައިވެރިޔާ

  1. 27.  

3 ވަނަ ބައިވެރިޔާ

  1. 28.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 29.  

2 ވަނަ ބައިވެރިޔާ

  1. 30.  

3 ވަނަ ބައިވެރިޔާ

  1. 31.  

ކީ ސްޓޭޖް 5

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 32.  

2 ވަނަ ބައިވެރިޔާ

  1. 33.  

3 ވަނަ ބައިވެރިޔާ

  1. 34.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 35.  

2 ވަނަ ބައިވެރިޔާ

  1. 36.  

3 ވަނަ ބައިވެރިޔާ

 

 

16.3.                  މުއައްސަސާތަކުގެ ބައިން ހޮވާ ވަނަތައް:

  1.  

3 ފޮތުން

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1.  

5 ފޮތުން

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1.  

6 ފޮތުން

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1. 10.  

10 ފޮތުން

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 11.  

2 ވަނަ ބައިވެރިޔާ

  1. 12.  

3 ވަނަ ބައިވެރިޔާ

  1. 13.  

10 ފޮތުން

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 14.  

2 ވަނަ ބައިވެރިޔާ

  1. 15.  

3 ވަނަ ބައިވެރިޔާ

  1. 16.  

15 ފޮތުން

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 17.  

2 ވަނަ ބައިވެރިޔާ

  1. 18.  

3 ވަނަ ބައިވެރިޔާ

  1. 19.  

20 ފޮތުން

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 20.  

2 ވަނަ ބައިވެރިޔާ

  1. 21.  

3 ވަނަ ބައިވެރިޔާ

  1. 22.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 23.  

2 ވަނަ ބައިވެރިޔާ

  1. 24.  

3 ވަނަ ބައިވެރިޔާ

  1. 25.  

30 ފޮތުން

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1. 26.  

2 ވަނަ ބައިވެރިޔާ

  1. 27.  

3 ވަނަ ބައިވެރިޔާ

 

16.4.                  ސިޓީތަކުގެ ސްކޫލްތަކުން ހޮވާ ވަނަތައް

  1.  

ސިޓީތަކުގެ ސްކޫލްތަކުން

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ސްކޫލް

  1.  

2 ވަނަ ސްކޫލް

  1.  

3 ވަނަ ސްކޫލް

  1.  

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ސްކޫލް

  1.  

2 ވަނަ ސްކޫލް

  1.  

3 ވަނަ ސްކޫލް

16.5.                  އަތޮޅުތަކުން ހޮވާ ވަނަތައް

  1.  

އަތޮޅުތަކުން

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ އަތޮޅު

  1.  

2 ވަނަ އަތޮޅު

  1.  

3 ވަނަ އަތޮޅު

  1.  

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ އަތޮޅު

  1.  

2 ވަނަ އަތޮޅު

  1.  

3 ވަނަ އަތޮޅު

16.6.                  މުއައްސަސާތަކުގެ ބައިން ހޮވާ ވަނަތައް

  1.  

މުއައްސަސާތަކުގެ ބައިން

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ މުއައްސަސާ

  1.  

2 ވަނަ މުއައްސަސާ

  1.  

3 ވަނަ މުއައްސަސާ

  1.  

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ މުއައްސަސާ

  1.  

2 ވަނަ މުއައްސަސާ

  1.  

3 ވަނަ މުއައްސަސާ

 

16.7.                  މުޅި މުބާރާތުން ހޮވާލެވޭ ވަނަތައް

  1.  

މުޅި މުބާރާތުން

ނުބަލާ ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1.  

ބަލައިގެން ކިޔެވުމުގެ ބައި

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

  1.  

3 ގޮފި އެއްކޮށް

1 ވަނަ ބައިވެރިޔާ

  1.  

2 ވަނަ ބައިވެރިޔާ

  1.  

3 ވަނަ ބައިވެރިޔާ

 

  1. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭ ފަރާތްތައް

17.1.                  މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ބައިވެރިޔާ.

17.2.                  މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ ބައިވެރިޔާ.

17.3.                  ޙާފިޡުންގެ ބައިން 1 ވަނަ ބައިވެރިޔާ.

17.4.                  މުޅި މުބާރާތުން 3 ގޮފި އެއްކޮށް 1 ވަނަ ބައިވެރިޔާ.

17.5.                  މުޅި މުބާރާތުން ހުރިހާގޮތަކުން 1 ވަނަ މުއައްސަސާ

18. ހެދުން އެޅުމުގެ މިންގަނޑު:

18.1.                  މުބާރާތުގެ ބައިވެރިން ހެދުންއަޅަންވާނީ ޤުރްއާން ކިޔަވާ ޙާލަތާއި އެކަށީގެންވާ ގޮތަކަށެވެ.

18.2.                  ސްކޫލުތަކުގެ ބައިވެރިންގެ ހެދުމަކީ ސްކޫލް އޮފިޝަލް ޔުނީފޯމެވެ.

19. މުބާރާތުގައި ދިމާވާ މައްސަލަ ހުށައެޅުން

19.1.                  ޤުރްއާން މުބާރާތް ހިނގަމުންދާއިރު ދިމާވާ މައްސަލައެއްގައި މުބާރާތުގެ ބައިވެރިއަކަށް ނުވަތަ ބައިވެރި ކުރުވި ފަރާތަށް ހިތްހަމަ ނުޖެހޭކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ދިމާވާ ސެޝަނެއް ނިމުމުގެ ކުރިން އެ މައްސަލައެއް ބަޔާންކޮށް މުބާރާތުގެ އިދާރީ މޭޒަށް ހުށައަޅަން ވާނެއެވެ.

19.2.                  މައްސަލަ ހުށަހަޅާނީ މިކަމަށް ތައްޔާރުކުރެވޭ ޚާއްޞަ ފޯމަކުންނެވެ.

20. މުބާރާތުން ވަކިވުމާއި ވަކިކުރުން:

20.1.                  މުބާރާތުގައި ބައިވެރިވުމަށްފަހު، މުބާރާތުން ވަކިވާން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ލިޔުމަކުން ހުށައަޅާނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށެވެ.

20.2.                  މުބާރާތުގައި ބައިވެރިވާ އެއްވެސް ފަރާތަކުން މުބާރާތުގެ ޤަވަޢިދާ ޚިލާފަށް އެއްވެސް އަމަލެއް ހިންގައިފި ނަމަ އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތެއް ނިންމާނީ މުބާރާތުގެ އިންތިޒާމު ކޮމެޓީންނެވެ.

21. އެހެނިހެން ކަންތައްތައް:

21.1.                  މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް (ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް) ކަނޑައެޅިފައިވާ އެލަވަންސެއް ދެވޭނެއެވެ.

21.2.                  އެއްވެސް ސަބަބަކާހުރެ ނުވަތަ ޢުޛުރެއް މެދުވެރިވެގެން މުބާރާތުގައި ކިޔެވޭގޮތް ނުވެއްޖެނަމަ ކަނޑައެޅިފައިވާ އެލަވަންސެއް ނުލިބޭނެއެވެ.

21.3.                  މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސް ދެވޭނީ މުބާރާތުގައި ކިޔަވައި ނިމުމުންނެވެ.

21.4.                  މުބާރާތުގައި ކިޔަވައި ނިމުމުން އެނބުރި ރަށަށް ދާން ބޭނުން ފަރާތްތަކަށް އެފުރުސަތު ދެވޭނެއެވެ.

21.5.                  މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިނުވެ އެނބުރި ރަށަށްދާ ފަރާތަކަށް އެޖަލްސާގައި ބައިވެރިވުމަށް މާލެ އައުމަށް ދެވަނަ ފަހަރަށް އެލަވަންސެއް ނުދެވޭނެއެވެ.

21.6.                  އެއްވެސް ސަބަބަކާހުރެ މުބާރާތުގެ އިނާމު ދޭ ޖަލްސާއަށް ހާޒިރު ނުވެވިއްޖެ ނަމަ އެފަރާތަކަށް ހައްގު އިނާމު ފަހުން ދޫކުރެވޭނެއެވެ.

ނޯޓް: މިޤަވާޢިދުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ގޮތް ނިންމާނީ ކީރިތި ޤުރްއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ.

        

                    28 ޑިސެމްބަރ 2022

28 ޑިސެންބަރު 2022