ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-PIDS2/471/2022/333
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 05 ޖަނަވަރީ 2023 14:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެޕްލިކޭޝަން ބަލައިގަތުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

ޏ.ފުވައްމުލަކުގެ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް

 އެޕްލިކޭޝަން ބަލައިގަތުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިންވެސްޓް އިންޓަރނޭޝަނަލް ( އޯރިއޯ ފަންޑު) އެންޑް ދަ ކުވެއިތު ފަންޑު ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީގެ ދަށުން ކުރިއަށްގެންދާ " ކޯސްޓަލް ޕްރޮޓެކްޝަން އެޓް ޏ.ފުވައްމުލައް" މަޝްރޫޢުގެ މަސައްކަތްތައް އިންޕްލިމަންޓް ކުރުމަށް ބޭނުންވާ މަޤާމުތަކަށް 2022 ޑިސެންބަރު 19 ވަނަ ދުވަހު ކޮށްފައިވާ ތިރީގައި މިދަންނަވާ ނަންބަރު އިއުލާންތަކުގައިވާ އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑި  2023 ޖަނަވަރީ 5 ވާ ބުރާސްފަތި ދުވަހު 14:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އިއުލާން ނަންބަރު

މަޤާމް

އަދަދު

(IUL)471-PIDS2/471/2022/320

އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑް އޮފިސަރ

01

(IUL)471-PIDS2/471/2022/321

ކޯސްޓަލް މެނޭޖްމަންޓް ސްޕެޝަލިސްޓް

01

(IUL)471-PIDS2/471/2022/322

ޕްރޮޖެކްޓް އެސިސްޓެންޓް

01

ވީމާ، މި ދެންނެވުނު މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. 

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް:[email protected]

މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓްގައި www.planning.gov.mv އަދި މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 ޑިސެންބަރު 2022