ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)307/INDIV/2022/93
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 08 ޖަނަވަރީ 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމު / މުދިމު، އަދި މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމާއިބެހޭ

                                                       (IUL)307/INDIV/2022/93 :ނަންބަރު

މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި (ސަލާމްބުނުން، ޢާއިލީޒިއްމާ ޗުއްޓީއާއި އަހަރީ ޗުއްޓީ ނެގުމުން) ވޭޖުގެ އުޞޫލުން މަސައްކަތްކުރުމަށް 01 އަހަރުގެ މުއްދަތަށް ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. ވަގުތީ އިމާމު / މުދިމުކަމަށް ކުރިމަތިލާ ފަރާތަކީ އިމާމު ނުވަތަ މުދިމު ކަމުގެ މަސްޢޫލިއްޔަތު (ފަރުޟު 5 ނަމާދު ވަގުތަށް ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން) ފުރިހަމައަށް އަދާކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށް ވާންޖެހޭނެއެވެ.

ވީމާ، މި ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ވޭޖް/ ޕޫލް މަޤާމުތަކާއި ބޭނުންވާ ޢަދަދާއި އެމަޤާމުގެ އުޖޫރައާއި ޝަރުޠު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލެވެ.

މަޤާމް

ޢަދަދު

އުޖޫރަ

ޝަރުޠު

އިމާމު ((GS3

05

އިމާމު ސަނަދު އޮތް ނަމަ    -/61 ރުފިޔާ (ނަމާދުކުރާ ވަގުތަށް)

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

މުދިމު (GS1)

މުދިމް ސަނަދު ނެތް ނަމަ    -/53 ރުފިޔާ (ނަމާދުކުރާ ވަގުތަށް)

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސް ވެފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

މަސައްކަތު (SS1)

05

މަސައްކަތްކުރާ ގަޑިއަކަށް  -/45 ރުފިޔާ (ދުވާލަކު 5 ގަޑިއިރު)

ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް، ރ. އިންނަމާދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
  6. ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  

މި މަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 09 ޖަނަވަރީ 2023 އާއި 15 ޖަނަވަރީ 2023 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580052 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 ޑިސެންބަރު 2022