ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2022/92
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި:
08 ޖަނަވަރީ 2023 00:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުލްހަޒާރުގެ ގޯއްޗަށް ވަދެނުކުތުމަށް މަގެއް ހެދުން
ގުލްހަޒާރުގެ ގޯއްޗަށް ވަދެނުކުމެވޭގޮތަށް މަގެއް ހެދުން
ގއ.ކަނޑުހުޅުދޫ ގުލްހަޒާރުގެ ގޯއްޗަށް ވަދެ ނުކުމެވޭގޮތަށް މަގެއް ހެދިފައި ނުވުމުގެ ސަބަބުން އަސާސީ އެއްމެހާ ޙައްޤުތަކުން މިގޯތީގައި ދިރިއުޅޭ ފަރާތްތަށް މަޙުރޫމްވެފައިވާތީ އެކަން ޙައްލުކުރުމުގެ ގޮތުން އެގޯއްޗަށް ވަދެ ނުކުމެވޭގޮތަށް 15 ފޫޓް ފުޅާ މަގެއް ހެދުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިހެންކަމުން ތިރީގައި މިދަންނަވާގޮތަށް މިގޯތި ތަކުން އުނިކުރުމަށް ނިންމާފައިވާކަމުގައި ދަންނަވަމެވެ.
އުނިކުރެވޭ ބައިތަކުގެ ތަފްސީލް
- ޗާންދަނީގެ ގޯތީގެ އުތުރުން 1210 އަކަފޫޓް
- ގުލްހަޒާރުގެ ގޯތީގެ ދެކުނުން 825 އަކަފޫޓް
ވީމާ، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި މިގޯތިތަކުން އުނިކުރެވޭ ބަޔާއި މެދު އެއްވެސް ޝަކުވާއެއްވާނަމަ އެކަން ލިޔުމުން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.
28 ޑިސެންބަރު 2022