ށ. ޅައިމަގު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން
|
މަޤާމް:
|
ކައުންސިލް އެސިސްޓެންޓް
|
ބޭނުންވާ ޢަދަދު
|
2 (ދޭއް)
|
މަޤާމުގެ ގިންތިއާއި މުއްދަތު:
|
ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2023 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް)
|
ވަޒީފާ އަދާކުރަން ޖެހޭތަން:
|
ށ. ޅައިމަގު ކައުންސިލްގެ އިދާރާ (ށ. ޅައިމަގު)
|
މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު
|
މަޤާމް/ޝަރުޠު
|
އުޖޫރަ
|
1- ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން
|
މަސައްކަތްކުރާ ގަޑިއަކަށް39.40ރުފިޔާ
|
ސަރުކާރުގެ އުޞޫލުތަކާއެއްގޮތަށް ރަމަޟާންމަހުގެ ޢިނާޔަތް
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ބަލަހައްޓާ އިޖުތިމާޢީ ސަރަޙައްދުތަކާއި ބަނދަރުގައި ހުރި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
- ކައުންސިލުން ބަލަހައްޓާ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރާ މުވައްޒަފުންނާއެކު އެ މަސައްކަތުގައި ބައިވެރިވެ އެ މަސައްކަތް ކުރުން.
- ޤަބުރުސްތާނުގައި ޖަހާފައިވާ ލައިޓްތަކާއި، ކަރަންޓް ވިއުގަރ މަރާމާތުކޮށް ބެލެއްޓުން.
- ކައުންސިލުން ބަލަހައްޓަމުންގެންދާ ބަނދަރު ފެނުގެ ނިޒާމްގެ މަސައްކަތާއި، އަދި އިލެކްޓްރިކާއި ގުޅޭ އެންމެހާކަންކަން ބެލެހެއްޓުން.
- ފުޓްސަލްދަނޑުގެ ކަރަންޓް ވިއުގަ އާއި އިލެކްޓްރިކާގުޅޭ އެންމެހާ މަސައްކަތް ކުރުން.
- އިތުރުކުރަންޖެހޭ މަގުބައްތިތައް އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މަގުބައްތީގެ އަނދާ ލައިޓްތަކާއި، ސެންސަރުތައް ދެނެގަނެ އެތަކެތި ބަދަލުކުރުން.
- ކައުންސިލުން ބަލަހައްޓަމުންގެންދާ ޢިމާރާތްތަކާއި ތަންތަނުގައި ހުރި ލައިޓްތަކާއި ސެންސަރުތައް ބަދަލުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ބަދަލުކޮށް އިލެކްޓްރިކާ ބެހޭ ކަންކަން މަރާމާތުކޮށް ބެލެހެއްޓުން މަރާމާތުކޮށް ބެލެހެއްޓުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
|
ހުށަހަޅަންޖެހޭ ލިއުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ނެތްނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.
|
ވަޒިފާއަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
05 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ށ. ޅައިމަގު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެމެވެ. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ [email protected] މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
އިންޓަވިއު އޮންނާނޭތަނާ މުއްދަތު
|
މިމަޤާމަށް މީހުން ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2023 ޖެނުއަރީ 8 އާއި 2023 ޖެނުއަރީ 12 އާއި ދެމެދު ށ. ޅައިމަގު ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.
|
އިތުރު މައުލޫމާތު
|
މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6540051 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ [email protected] މެއިލް އެޑްރެހަށެވެ.
|