ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-A/325/2022/56
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 31 ޖަނަވަރީ 2023 00:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގޭގެ ފާޚާނާ ހޮޅިތައް ނަރުދަމާގެ ނިޒާމާ ގުޅުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން

(IUL)325-A/325/2022/56ނަންބަރު:

އިޢުލާން

 ގޭގޭގެ ފެނާ ނަރުދަމާ ހޮޅިތައް މައިލައިނާ ގުޅުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދިނުން

               ގޭގޭގެ ފެނާ ނަރުދަމާގެ ހޮޅިތައް މައިލައިނާ ގުޅަމުންދާއިރު ބައެއް ގޭގޭގެ ހޮޅިތައް ޖަންގުޝަނާ ހަމައަށް ގެނައުމަށްޓަކައި ގޯތި ތެރެއިން ހޮޅިވަޅުލަން އުނދަގޫތަކެއް ހުރުމުން އެކަން ބައެއް ފަރާތްތަކުން ކައުންސިލްގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. މިކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން މަގުމަތިން ހޮޅިވަޅުލައިގެން ޖަންގުޝަނަށް ގުޅޭ ގޮތައް އެފަދަ ފަރާތްތަކަށް ޚާއްޞަ ހުއްދައެއް ދޫކުރާ ގޮތައް ކައުންސިލުންވަނީ ނިންމާފައެވެ.

              ވީމާ މިފަދަ ހާލަތެއް ދިމާވެގެން މަގުމަތީން ހޮޅިވަޅުލަން ބޭނުންފުޅުވާ ބޭފުޅުން އެކަން ކައުންސިލަށް އެންގުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ހޮޅިވަޅުލުމުގެ ހުއްދަ ދޭވޭނެ ވާހަކަ ދަންނަވަމެވެ.

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.               

                  28 ޑިސެމްބަރ 2022

28 ޑިސެންބަރު 2022