ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2014/243
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި: 07 ޑިސެންބަރު 2014 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ރީޖަނަލް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/7000 ރ. އާއި -/15,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ދާއިރާއާގުޅޭ ޑިޕްލޮމާ ސެޓްފިކެޓެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5) ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

އިންޖީނުތަކާއި، ޕެނަލްބޯޑު އަދި އިންޖީނުގޭގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/5,740 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުމާއިއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިންތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓްގެ ޚިދުމަތް ދިނުމަށް ޤާއިމް ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމާއި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން އަދި ޝިފްޓް ޑިއުޓީ ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

07 ޑިސެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 1 އަހަރު ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމް ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާއި މަސްޢޫލިއްޔަތު އެނގޭނެ ލިޔުން، ސީ.ވީ އަދި އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 07 ޑިސެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ވެބްސައިޓް www.stelco.com.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. އަދި މި ކުންފުނިން ބޭނުންވެއްޖެނަމަ މި އިޢުލާން ބާޠިލުކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014