ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2022/88
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 02 ޖަނަވަރީ 2023 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެކޭނިކް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ މެކޭނިކް

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކ.ގާފަރު އައިސްޕްލާންޓް

އަސާސީ މުސާރަ

5،900.00ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60
  • ޕްރޮފެޝަނަލް އެލަވަންްސް: ޑިޕްލޮމާ ލެވެލް އަށް އަސާސީ މުސާރައިގެ %20 ،   ޑިގްރީ ލެވެލް އަށް: އަސާސީ މުސާރައިގެ %40
  • މިމިމަމް ވޭޖް އެލަވަންސް: އަސާސީ މުސާރައިގެ %30
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • އައިސް ޕްލާންޓް ހިންގުމުގައި މާލެ އޮފީހާއި ކަނޑުއޮައްގިރީގެ އިރުޝާދުގެ މަތީން މަސައްކަތް ރާވާ ހިންގުން.
  • މަސްދޯނި ފަހަރުގެ މައުލޫމާތު ހޯދައި ދޯނިފަހަރަށް ބޭނުންވާ އައިސް އުފެއްދުމާއި އައިސް ވިއްކުމުގެ އޮޕަރޭޝަންސް ރާވައި ހިންގުން.
  • އައިސް ޕުލާންޓުގެ މެޝިނަރީސް ތައް ރަގަނޅު ހާލަތުގައި ބެހެއްޓުމާއި ބޭނުންވާ ސްޕެއަރ ޢާއި ތެލާއި އަޑީތެޔޮ މާލެ އޮފީހާއި ސެންޓަރާއި ގުޅިގެން ހޯދުން.
  • ދުވަހުން ދުވަހަށް ކުރަންޖެހޭ މެކޭނިކަލް މަސައްކަތްތަށް ކުރުން އަދި މަސައްކަތުގައި ބޭނުންކުރާ އެންމެހާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  • ފައިސާއާއި ތެލުގެ ހިސާބު ހައްދަވާފައިވާގޮތް ބައްލަވައި ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓްކުރުން.
  • އައިސް ޕްލާންޓަށް ބޭނުންވާ މުދާ ހޯދުމަށް މަސައްކަތްކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 02 ޖެނުއަރީ 2023 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

28 ޑިސެންބަރު 2022