ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)170-SA/170/2022/218
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 10 ޖަނަވަރީ 2023 14:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށް ހަމަޖެހިފައިވާ ޕޯސްޓްގްރެޖުއޭޓް ކޯސްތައް

އިޢުލާން

2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގައި ފެށުމަށް ހަމަޖެހިފައިވާ ޕޯސްޓްގްރެޖުއޭޓް ކޯސްތަކާއި، މިކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

  1. ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހް އެންޑް އުސޫލުލް ފިޤްހް
  2. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީޢާ ޕޮލިސީ
  3. މާސްޓަރ އޮފް ލޯސް (ކޮމްޕަރެޓިވް ޖުރިސްޕްރޫޑެންސް)

 


 

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

 

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް

ލެވެލް 10

ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުޞޫލުލް ފިޤްހު

  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 9 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. އަދި
  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 7 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ގުޅޭދާއިރާއިން ޙާޞިލްކޮށްފައިވުން.

 

އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު،

ހ. ޝަހާދާ ޘާނަވިއްޔާއިން (ޝަހާދާ ޘާނަވިއްޔާގެ އަރަބި މާއްދާތަކުން) ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލްކުރާ ލެވަލް 4 ގެ ސަނަދެއް އަރަބި ބަހުގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. ނުވަތަ،

ނ. އައި.ޔޫ.އެމް އިން ދެވޭ އަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން ފާސްވެފައިވުން.

 

އެހެންނަމަވެސް ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ ޢަރަބި ބަހުން ކިޔަވާފައިވާ ސަނަދުތަކެއްނަމަ ޢަރަބި ބަހުން އެގްޒެމްޕްޝަން ދެވޭނެއެވެ.

 

* އަދި މަތީގައިވާ ޝަރުތުތައް ފުރިހަމަވުމާއެކު ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރ (ދެވިފައިވާ ނަމޫނާގައިވާ ގޮތަށް) ހުށަހެޅުމާއެކު އައިޔޫއެމްއިން ދޭ އިންޓަރވިއުއަކުން ފާސްވުން.

ޢަރަބި

ކުލާހަށް ޙާޟިރުވެގެން

މެންދުރުފަސް

2

3 އަހަރު (6 ސެމިސްޓަރ)

މާލެ

މޯޑް 2 (ހަމައެކަނި ރިސާޗް): 98,865/- ރުފިޔާ

 

                         

 


 

ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ކިޔަވައިދޭ ގޮތް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކެމްޕަސް

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

ލެވެލް 10

ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ

  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 9 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. އަދި
  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 7 ގެ ސެޓްފިކެޓެއް ޝަރީޢާ / ޝަރީޢާ އެންޑް ލޯ / އިސްލާމިކް ސްޓަޑީޒް / ޖުޑީޝަލް ސައިންސަސް / ފިޤުހު / އުޞޫލުލް ފިޤުހު / އުސޫލުލް ދީންގެ ގުޅޭދާއިރާއިން ޙާޞިލްކޮށްފައިވުން.

 

އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު،

ހ. ޝަހާދާ ޘާނަވިއްޔާއިން (ޝަހާދާ ޘާނަވިއްޔާގެ އަރަބި މާއްދާތަކުން) ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ގަބޫލްކުރާ ލެވަލް 4 ގެ ސަނަދެއް އަރަބި ބަހުގެ ދާއިރާއިން ޙާޞިލްކޮށްފައިވުން. ނުވަތަ،

ނ. އައި.ޔޫ.އެމް އިން ދެވޭ އަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން ފާސްވެފައިވުން.

 

އެހެންނަމަވެސް ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ ޢަރަބި ބަހުން ކިޔަވާފައިވާ ސަނަދުތަކެއްނަމަ ޢަރަބި ބަހުން އެގްޒެމްޕްޝަން ދެވޭނެއެވެ.

 

* އަދި މަތީގައިވާ ޝަރުތުތައް ފުރިހަމަވުމާއެކު ދިރާސާކުރަން ގަސްދުކުރާ ދާއިރާއިން ކޮންސެޕްޓް ޕޭޕަރ (ދެވިފައިވާ ނަމޫނާގައިވާ ގޮތަށް) ހުށަހެޅުމާއެކު އައިޔޫއެމްއިން ދޭ އިންޓަރވިއުއަކުން ފާސްވުން.

ޢަރަބި

ކުލާހަށް ޙާޟިރުވެގެން

މެންދުރުފަސް

2

3 އަހަރު (6 ސެމިސްޓަރ)

މާލެ

މޯޑް 2 (ހަމައެކަނި ރިސާޗް): 98,865/- ރުފިޔާ

ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ

ލެވެލް 9

މާސްޓަރ އޮފް ލޯސް (ކޮމްޕަރެޓިވް ޖުރިސްޕްރޫޑެންސް)

  • އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 7 ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން.

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 5 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3.5 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 5 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން). އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

ނުވަތަ،

  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ލެވަލް 6 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 6 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން).  އަދި ހަމައެއާއެކު، އެމް.ކިއު.އޭ ގަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. (ޕްރީ-މާސްޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އައި.ޔޫ.އެމް އިން ކުރިއަށް ގެންދާ ޕްރީ-މާސްޓަރސް ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވާހަކަ ދަންނަވަން)

ދިވެހި

ކުލާހަށް ޙާޟިރުވެގެން

މެންދުރުފަސް

30

1 އަހަރު (2 ސެމިސްޓަރ)

މާލެ

މޯޑް 1 (ކޯސް ވާރކް):

34,225/- ރުފިޔާ

މޯޑް 2 (ކޯސް ވާރކް އަދި ރިސާރޗް):

32,125/- ރުފިޔާ

                       

 

  • ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 10 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ގެ އިތުރުން އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)، އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ) ނުވަތަ އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ. ކުލާހަށް ޙާޟިރުވެގެން ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި ޔުނިވަރސިޓީގެ ވެބްސައިޓް  www.ium.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3022120 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

  • މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ހޯދެއްވުމަށް މި ލިންކަށް ފިއްތާލައްވާ ium.to/2023janintakecourses 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު
  • ލިބިފައިވާ ސަނަދުތަކުގެ ސާފު  ކޮޕީ .
  • އައިޑީކާޑުގެ ސާފު ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
  • ކޮންސެޕްޓް ޕޭޕަރ (ދެވިފައިވާ ނަމޫނާގައިވާ ގޮތަށް)
  • 2 ބޭފުޅެއްގެ ރިފަރެންސް ލެޓާރ

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • އައި.ޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3022120 ނަންބަރަށެވެ. ނުވަތަ ޔުނިވަރސިޓީގެ ހޮޓްލައިން 7923247 ނަންބަރަށެވެ.

 

  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ.ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރުން (ކުރީގެ ނޫރާނީ ޕްރީ-ސްކޫލް) ފޯމު ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން ޔުނިވަރސިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު

  • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލައް ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ޅ. ނައިފަރު - ކުރީގެ ނޫރާނީ ޕްރީ-ސްކޫލް)
  • އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (އައްޑޫ ސިޓީ މީދޫ – ޝަމްސުއްދީން ލާރނިންގ ސެންޓަރ)
  • އީ-މެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރެވޭނެއެވެ.
  • އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް (admissions.ium.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

2 ޖުމާދަލްއާޚިރު 1444

25 ޑިސެންބަރު 2022

25 ޑިސެންބަރު 2022