މަސައްކަތް
ނަންބަރު: GS104-A/IUL/2022/05
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 03 ޖަނަވަރީ 2023 00:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
2023 ވަނަ އަހަރު ޅައިމަގު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

ޅައިމަގު ސްކޫލްގެ ސެކިއުރިޓީ ބެލެއްޓުން

            2023 ޖެނުއަރީ 1 އިން 2023 ޑިސެމްބަރ 31ވަނަ ދުވަހަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ހޯދުމަށް ކުރެވުނު އިޢުލާން (GS104-A/IUL/2022/04) އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.  

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސުކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަމުގައި ރަޖިސްޓަރީ ވުމަށް ތިރީގައިވާ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ފޯމް ފުރުމުގެ ސުންގަޑިއަކީ 02 ޖެނުއަރީ 2022ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ސްކޫލް ސެކިއުރިޓި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް   https://forms.gle/PCmpEgXNMmqH7MkEA

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

ޅައިމަގު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރެއްވުން.

2023 ޖެނުއަރީ 03 ވަނަ ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2023 ޖެނުއަރީ 05 ވަނަ ދުވަހުގެ 13:00 ގައި

                    މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

        މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޑިސެންބަރު 2022