ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2014/ 230
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:36
ސުންގަޑި: 15 ޑިސެންބަރު 2014 15:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް

                                     އިޢުލާން

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ތިރީގައި މި ދަންނަވާ މަޤާމުގައި މަސައްކަތް ކުރަން ޝައުޤުވެރިވާ ދިވެހިންނަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:               ރެޖިސްޓަރޑް ނާރސް

މުސާރަ:              -/5610 ރުފިޔާ

ސާރވިސް އެލަވަންސް:     -/2500 ރުފިޔާ

ޝަރުޠު:             ނަރސިންގ ދާއިރާއިން އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލްގައި ރަޖިސްޓަރީ ވެފައިވުން

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރެއްވުމަށް ބޭނުންވާ ރަށެއް އެނގޭނެހެން 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިމިނިސްޓްރީއަށް ސިޓީއަކުން  ހުށަހެޅުއްވުން އެދެމެވެ.  އަދި އެދިލައްވާ ރަށެއްގައި ހުސް މަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ ދެވަނަ އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން) ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެ ރަށެއްގައި ހުސްމަޤާމު އޮތް ޢަދަދަށްވުރެ ގިނަ ފަރާތްތަކަކުން އެމަޤާމަށް ކުރިމަތިލާފައިވާނަމަ އެމަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއު ކޮށްގެންނެވެ.   

މި ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ލިބިފައިވާ ނާރސިންގ ސެޓްފިކެޓާއި ނާރސިންގ ކައުންސިލްގެ ރަޖިސްޓްރޭޝަނާއި ލައިސަންސް އަދި އައި.ޑީ ކާޑުގެ ކޮޕީ ( އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް، ސެޓްފިކެޓް ނުލިބޭނަމަ ސެޓްފިކެޓް އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން ) ހުށަހެޅުއްވުން އެދެމެވެ. މިކަންކަން ފުރިހަމަ ނުކުރައްވާ ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ނަމްބަރު 3014400، 3014437 ފޯނަށް ގުޅުއްވުން އެދެމެވެ.

03  ޞަފަރު 1436  

25 ނޮވެންބަރު 2014