ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: C-381/IUL-2022/86
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:31
ސުންގަޑި:
05 ޖަނަވަރީ 2023 11:30
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކަރަންޓްކޭބަލް ގަނެދޭނެ ފަރާތެއް ހޯދުމަށް
ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކަރަންޓް ކޭބަލް ގަނެ މިއިދާރާއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 ޑިސެންބަރު 2022 އިން 05 ޖަނަވަރީ 2023 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 11:30އަށް މިއިދާރާއަށް ދުރުވެ ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
- އޮންލައިންކޮށް ފައިސާ ދައްކަވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. އަދި 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފޮރެންސް ހޯލަށް ވަޑައިގަތެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
- ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430Revenue 1
- ފޯން : 7908156
- އީމެއިލް: [email protected]
27 ޑިސެންބަރު 2022