ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2022/117
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 08 ޖަނަވަރީ 2023 10:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމަށްޓަކައި ގުރުއަތުލުން

 

                ނަންބަރ: (IUL)258/258/2022/117

 

އިޢުލާން

    

ގޯތި ދޫކުރުމަށްޓަކައި ގުރުއަތުލުން

 

 

            ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯތި ލިބޭ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތް އާއްމު ކުރެވި ފައިނަލް ލިސްޓް އާއްމު ކުރެވިފައިވާތީ، ޕޮއިންޓް ލިބިފައިވާގޮތަށް ބަލާއިރު 5 ގޯއްޗަށް 70 ޕޮއިންޓް ލިބިފައިވާ 17 ފަރާތުގެ ތެރެއިން ގޯތި ކަށަވަރު ކުރެވޭ 5 ފަރާތް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން 2023 ޖަނަވަރީ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.  

                ވީމާ، މިގުރުއަތުގައި މިހާރު އާއްމުކުރެވިފައިވާ ދާއިމީ ލިސްޓްގައި 70 ޕޮއިންޓް ލިބިފައިވާ 17 ފަރާތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެމެވެ. މިގުރުއަތުގައި 70 ޕޮއިންޓް ލިބޭ ފަރާތަކުން ބައިވެރިވެ ވަޑައިނުގެންފި ނަމަ އެފަރާތެއްގެ ބަދަލުގައި ގުރުއަތު ނަގާނީ ގޯތި ދޫކުރުމަށް އެކަށައެޅި ވިލަރެސް ކޮމެޓީގެ މެމްބަރެކެވެ. މިގުރުއަތުގައި ބައިވެރިވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފަރާތަކީ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

 

04 ރަބީޢުލައާޚިރު  1444

27  ޑިސެމްބަރ   2022

27 ޑިސެންބަރު 2022