ބީލަން
ނަންބަރު: (IUL)GS-67/2022/17
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 03 ޖަނަވަރީ 2023 13:00
ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

  2023 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުމާގުޅޭ:

 

މިސްކޫލްގެ ނަންބަރ (IUL)GS-67/2022/015 އާއި ގުޅިގެން އެކަށީގެންވާ އަގެއްގައި ބިޑް ހުށައަޅާފައިނުވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އެފުރުސަތު ހުޅުވާލެމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ސްކޫލް އޮފީހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރި ވާ ހުރިހާ ފަރާތްތަކަށްވެސް ބިޑް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.

  1. ރަޖިސްޓްރީ ވާ ފަރާތުގެ ނަން:
  2. ރެޖިސްޓްރީ ނަންބަރ
  3. އީ މެއިލް އަދި ގުޅޭނެ ފޯން ނަންބަރ

މި ބިޑާ ގުޅޭ މައުލޫމާތު ޝެޝަން އޮންނާނީ 01 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ސްކޫލްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 03 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00ގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކެނދިކުޅުދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚް ގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް 6560546 ނަންބަރު ފޯނާއެވެ.

‏04‏ ޖުމާދިލްއާޚިރް 1444

27 ޑިސެމްބަރ 2022

27 ޑިސެންބަރު 2022