މަސައްކަތް
ނަންބަރު: GS168/IUL/2022/33
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި:
11 ޖަނަވަރީ 2023 11:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
05 ކުލާސްރޫމް ހިމެނޭ ހޯލް އިމާރާތުގެ ކުލައާކުރުން
މިސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލްގެ 5 ކުލާސްރޫމް ހިމެނޭ ހޯލް އިމާރާތުގައި ކުލަ އާކުރުމުގެ މަސައްކަތްކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 27 ން އިން 2023 ޖަނަވަރީ 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ މެއިލް މެދުވެރިކޮންނެވެ.
- އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން (ކުންފުނީގެ ނަން):
ރަޖިސްޓްރީ ނަންބަރު (ކުންފުނީގެ):
އީމެއިލް އެޑްރެސް:
ގުޅޭނެ މޯބައިލް ނަންބަރު:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި މިސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 11 ވަނަ ދުވަހުގެ މެންދުރު 11:00 ގައި މިސްކޫލްގެ އޮފީހުގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952904 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
27 ޑިސެންބަރު 2022