ޢާންމު މަޢުލޫމާތު
ނަންބަރު: B13C-A/2022/09
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 05 ޖަނަވަރީ 2023 10:00
ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިބްރާހީމް ޝައުފާން ކޯޓަށް ޙާޟިރުވުމަށް އަންގާ އިޢުލާން

          ށ.ކޮމަންޑޫ، ރޯޒްވިލާ ، އިބްރަހީމް ޝައުފާންއަކީ ހދ.ކުމުންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވެ ކޯޓަށް ޙާޟިރުކުރެވެފައިނުވާ މީހެކެވެ.

          ވިީމާ، 2023 ޖަނުއަރީ 05 ވަނަ ދުވަހުގެ 10:00 އަށް ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް ށ.ކޮމަންޑޫ، ރޯޒްވިލާ، އިބްރާހީމް ޝައުފާންއަށް އަންގައި އިޢުލާން ކުރަމެވެ. އަދި މިދުވަހު ކޯޓަށް ޙާޟިރުނުވެއްޖެ ނަމަ މެޖިސްޓްރޭޓް ކޯޓުތަކުގެ ޢާއިލީ އިޖުރާއަތުގެ އުޞޫލު 37 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މީނާގެ ޣައިރު ޙާޟިރުގައި މިމައްސަލަ ނިންމޭނެ އަންގައި އިޢުލާންކުރަމެވެ.

27 ޑިސެންބަރު 2022