ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2014/1021
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 11 ޑިސެންބަރު 2014 14:30
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ (ކޮންޓްރެކްޓް)/ 1 އަހަރު ދުވަސް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސެބިލިޓި ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަޑު މަސައްކަތް

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ގަވާއިދުތަކާއި ގައިޑްލައިންތައް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  2. ނުކުޅެދުންތެރިކަން ހުންނަފަރާތްތަކާއި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންނަށް ޢާއިލާތަކުން ނުވަތަ މުޖުތަމަޢުން ކޮށްދެވިދާނެ ކަންތަކާބެހޭ ޕްރޮގްރާމްތައް އެކުލަވާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަޅާލާނެ މީހަކުނެތް ޢުމުރުން ދުވަސްވީ މީހުން ރިޕޯރޓުކުރާނެ ނިޒާމެއް ޤާއިމުކޮށް އެނިޒާމުގެ ތެރެއިން ކުރަންޖެހޭ އެންމެހާ މަސައްކަތް ހިންގައި ބެލެހެއްޓުން.
  4. ދައުލަތުގެ ބެލުމުގެދަށުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ޢުމުރުންދުވަސްވީ މީހުން، އެފަދަ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  5. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަންދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތި، އެހީގެ ގޮތުގައި ހޯދުމަށް ބޭނުންވާ އެންމެހާ މަސައްކަތްތަކާއި "ޕްރޮޖެކްޓް ޕްރޮޕޯޒަލް" ތައްޔާރު ކުރުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  6. ޔުނިޓުގައި މަސައްކަތްކުރާ އެހެން މުވައްޒަފުން ސްޕަވައިޒްކުރުމާއި، އެޕްރައިޒަލް ހެދުން.
  7. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެން މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.
  8. ސިވިލް ސަރވިސް ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން.

މަޤާމު

އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: GS4

 

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސްއެބިލިޓީ ސެކްޝަން.

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލް ސައިންސްގެ ރޮނގުން ސެޓުފިކެޓު ލެވެލް 03 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގައި މިނިސްޓްރީ ތަމްސީލުކޮށް، ކައުންސިލްގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުން
  2. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ޑިވިޝަންގެ ފަރާތުން ކުރާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  3. ޔުނިސެފް، ޑަބްލިޔު.އެޗް.އޯ ފަދައެހެނިހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ވާރކް ޕްލޭންގެ ދަށުން ހިންގުމަށް ހަމަޖެހޭ ޙަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  4. އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ލީފްލެޓް، ޕޯސްޓަރ އަދި މިނޫންވެސް މިފަދަ މައުލޫމާތު ހިމެނޭ މެޓީރިއަލްސް ތައްޔާރުކޮށް އަތޮޅުތަކުގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރތަކަށް ފޮނުވުމުގައި އެހީތެރިވެ ދިނުން
  5. އުމުރުންދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތައް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން އަދި ރިޕޯޓް ތައްޔާރު ކުރުން
  6. މަސައްކަތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމް ފަދަ ކަންކަމަށް ޑިވިޝަނުން ހުށަހަޅާ މަޢުލޫމާތު ކަރުދާސް އަދި ޕްރެޒެންޓޭޝަންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން
  7. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ސެކްރެޓޭރިއެޓަށް އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން

މަޤާމު

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:ޖީއެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސްއެބިލިޓީ ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ޑިވިޝަންގެ ފަރާތުން ކުރަންޖެހޭ ކަންކަމުގައި ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދީ އެކަންކަން ބެލެހެއްޓުން
  2. ޔުނިސެފް، ޑަބްލިޔު.އެޗް.އޯ ފަދައެހެނިހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ވާރކް ޕްލޭންގެ ދަށުން ހިންގުމަށް ހަމަޖެހޭ ޙަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  3. އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގެ ގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ލީފްލެޓް، ޕޯސްޓަރ އަދި މިނޫންވެސް މިފަދަ މަޢުލޫމާތު ހިމެނޭ މެޓީރިއަލްސް ތައްޔާރުކޮށް، އަތޮޅުތަކުގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރތަކަށް ފޮނުވުމުގައި އެހީތެރިވެދިނުން
  4. އުމުރުންދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތައް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން އަދި ރިޕޯޓް ތައްޔާރު ކުރުން
  5. މަސައްކަތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމް ފަދަ ކަންކަމަށް ޑިވިޝަނުން ހުށަހަޅާ މަޢުލޫމާތު ކަރުދާސް އަދި ޕްރެޒެންޓޭޝަންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން
  6. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ސެކްރެޓޭރިއެޓަށް އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން
  7. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2014 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހުގެ 02:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންގގައި ހުންނަ) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި.

2014 އޮކްޓޫބަރމަހުގެ ތެރޭގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ  ކައުންޓަރުން ލިބެން ހުންނާނެއެވެ.

25 ނޮވެންބަރު 2014