ތަމްރީނު
ނަންބަރު: (IUL)160-A/1/2014/64
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 30 ޑިސެންބަރު 2014 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އިމާމް ކޯސް ލެވެލް 3 ފެށުމަށް

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު އިމާމް ކޯސް ލެވެލް 3 ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠު:     1- ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 3 އިން ފާސްވެފައިވުން. ނުވަތަ،

          2- ޖީ. ސީ. އީ އޯލެވެލް ނިންމާފައިވުން. ނުވަތަ،

          3- ގްރޭޑް 7 ނިންމާފައިވުން. ނުވަތަ،

          4- ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު:      9 މަސްދުވަސް

ޖާގަ:        33

އެހެނިހެންު:   (ކުދިން ނެގުމުގައި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލުން އަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން މިމަރްކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

02 ޞަފަރު 1436

24 ނޮވެންބަރު 2014