ދިވެހިރާއްޖެ
* ވަޒީފާގެ ފުރުޞަތު
* މަޤާމު: މަސައްކަތު
* ރޭންކް: އެސް.އެސް 01
* ކުލެސިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 01
* އޮފީސް/ އިދާރާ: ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާ
* ޔުނިޓް: އިކޮނޮމިކް ޝޯޝަލް އެންޑް މުނިސްޕަލްޓީ ސަރވިސް
* ވަޒީފާ އަދާކުރަންޖެހޭ ތަން: ލ.މާބައިދޫ މަސްޖިދުލްޣުފްރާން ( ހުކުރު މިސްކިތް)
* މުސާރަ: މަހަކު =/3100 ރ. ( ތިން ހާސް އެއް ސަތޭކަ ރުފިޔާ )
* ސަރވިސް އެލަވަންސު: =/1000 ރ. ( އެއް ހާސް ރުފިޔާ )
* ބޭނުންވާ އަދަދު: 01 ( އެކެއް)
* މަޤާމުގެ ޝަރުތު: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
* މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
01– ކައުންސިލުގެ އިދާރާއިން ނުވަތަ މިސްކިތުގެ އިމާމު ހަމަޖައްސާ އުސޫލެއްގެ މަތީން މިސްކިތުގެ މަސައްކަތްކުރުން.
02– ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓްކުރީން މިސްކިތަށް ގޮސް މިސްކިތާއި ވަޅުދޮށް އަދި އިސްކުރުބަރި ސާފުކުރުން.
03– މިސްކިތް ފޮޅައި ސާފުކޮށް ވަޅުދިޔަ ހިއްކައި މިސްކިތާބެހޭ ހުރިހާ ކަމެއްކުރުން.
04– ފާޚާނާއާއި، އިސްކުރު ބަރިދޮވެ ސާފްކޮށް ބެލެހެއްޓުން.
05– މިސްކިތު ގޯތި ތެރެއާއި، މިސްކިތާއި، އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވިފަޅި ހަޑިވިޔަނުދީ ކުނިކެހުމާއި، ވިނަނޮޅައި ކުނި އުކާލުމުގެ މަސައްކަތްކުރުން.
06– ރަށުކައުންސިލްގެ އިދާރާ ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުސޫލެއްގެމަތީން ގަސް އިންދައި ގަސްތައް ކޮށާ، ގަސްތަކަށް ފެންދީ ހައްދައި ބެލެހެއްޓުން.
07– މިސްކިތުގެ ދޮރާއި، ދޮރުފަތްތަކާއި، ބިއްލޫރި ލާފައި ހުރި ތަންތަން، ހޮޅިބުރި ބޮކި ފަންކާ ސީލިންގ، ކަބަޑުތައް، މެމްބަރު، ސާފުކޮށް ބެލެހެއްޓުން.
08- މިސްކިތުގެ ގޯތީގެ ވަށާފާރު ދޮވެސާފްކޮށް ބެލެހެއްޓުން.
09– ކޮންމެ ދުވަހަކު މިސްކިތަށް ގޮސް ހޮޅިބުރި، ބޮކި، ފަންކާ، ކަބަޑުތައް ފޮހެ ސާފުކުރުން. އަދި ހޮޅިބުރި، ބޮކި، ފަންކާ، ބޭނުންވާ ވަގުތުގައި ދިއްލައި ނިއްވުން.
10– ރަށުކައުންސިލްގެ އިދާރާއިން ނުވަތަ މިސްކިތު އިމާމް ހަމަޖައްސާ އުސޫލެއްގެ މަތީން މިސްކިތު ގޯތިތެރޭގައި ވިނަ ނޮޅުމާއި، ސާފުކުރުން.
11– މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވައިދުން މިސްކިތު އިމާމް މެދުވެރިކޮށް ކައުންސިލުގެ އިދާރާއަށް އަންގަމުން ދިއުން.
12- މީގެ އިތުރުން މިސްކިތާއި ގުޅިގެން ކުރަން ހަވާލު ކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
*ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް
01- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
02 –މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް
* އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު
އިންޓަވިއު އޮންނާނީ ލ.މާބައިދޫ ކައުންސިލުގެ އިދާރާގައި ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަވިޔު ބޭއްވުމަށް ކަނޑައަޅާ ވަގުތާއި، ގަނޑި ކުރިމަތިލާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.
* މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާއަށް
*-އުޖޫރައާއި ޢިނާޔަތްތައް
މުސާރަ މަހަކު -/3100 ރ. (ތިން ހާސް އެއް ސަތޭކަ ރުފިޔާ ) ލިބޭނެއެވެ.
ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު-/1000 ރ.( އެއްހާސް) ރުފިޔާ
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަނޑީގެ ފައިސާއާއި، ރަމްޟާން މަހުގެ ޚާއްޞަ އިނާޔަތުގެ ފައިސާ ފަދަ ސިވިލްސަރވިސްގެ ގަވައިދުގެ ދަށުން މުވަށްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ލިބޭނެއެވެ.
01 ޞަފަރު 1436