ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343/343/2022/115
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 18:03
ސުންގަޑި: 05 ޖަނަވަރީ 2023 13:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއިބެހޭ:

އިޢުލާނު

 

ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއިބެހޭ:

               މިކައުންސިލްގެ އިޢުލާން (ނަންބަރ:  ((IUL)343-AS/343/2022/96އާއިއެކު މަސައްކަތުގެ ތަފްސީލީ މަޢުލޫމާތު ޝީޓް އެއްހީރަސްކުރެވިފައި ނުވުމާއިއެކު އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

               މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ފެންސްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ. މިގޮތުން މަޢުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން މަސައްކަތު އަގުބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

               އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި، ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

               މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

               26 ޑިސެމްބަރ 2022

 

26 ޑިސެންބަރު 2022