ނީލަން
ނަންބަރު: (IUL)389/389/2014/1002
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:15
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޗިލްކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލުން

މިރަށުގައި ހުރި 2 ޗިލް ކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލަން ގަސްދުކޮށްފީމެވެ. މި ދެކޮންޓެއިނަރަކީ ރިފްރިޖަރޭޝަން ސިސްޓަމަކާއެކު ހުރި ދެ ކޮންޓެއިނަރެވެ.

ނީލަން ކިޔާނީ ދެކޮންޓެއިނަރަށް އެއްކޮށް އަގު ހުށަހަޅާ ގޮތަށެވެ. ނީލަން ފެށޭ އަގަކީ 100000.00ރ ( އެއްލައްކަ ރުފިޔާ ) އެވެ. މިއަގަށް މަދުވެގެން އިތުރުކުރެވޭނީ 1000.00 ރ ( އެއްހާސް ރުފިޔާ ) އެވެ. ނީލަމުގައި ބައިވެރިވެވޭނީ ސެކިއުރިޓީގެ ގޮތުގައި -/10000ރ (ދިހަހާސް ރުފިޔާ) މި އިދާރާއަށް ދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބު ނުވާ ފަރާތްތަކަށް، ނީލަން ނިމޭތާ ބަންދުނޫން 10 ދުވަހުގެ ތެރޭގައި މިފައިސާ އަނބުރާ ލިބިދެވޭނެއެވެ. ނީލަން ކާމިޔާބުކުރާ ފަރާތުން ކޮންޓެއިނަރގެ އަގު އަދާކުރާއިރު ސެކިއުރިޓީގެ ގޮތުގައި ބެހެއްޓިފައިސާ އެ ފަރާތުން ހުށަހެޅި އަގުން އުނިކުރެވޭނެއެވެ. އަދި، ނީލަން ކާމިޔާބުކުރާ ފަރާތުން، ރަސްމީ ބަންދޫނޫން 15 ދުވަހުގެ ތެރޭގައި ކޮންޓެއިނަރގެ އަގު ނުދައްކައިފިނަމަ ސެކިއުރިޓީގެ ގޮތުގައި ބެހެއްޓި ފައިސާ އެފަރާތަށް އަނބުރައެއް ނުލިބޭނެއެވެ.

ނީލަމަށް ހުށަހެޅޭ އަގު ރަސްމީގަޑީގައި މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމަށް އަގު ހުށަހެޅުމުގެ ފުރުޞަތު 2014 ނޮވެންބަރު 26 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވޭނެއެވެ. އަދި 2014 ޑިސެންބަރު 11 ވަނަ ދުވަހުން ފެށިގެން ނީލަމަށް ހުށަހެޅޭ އަގު 48 ގަޑިއިރު ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ކޮންޓެއިނަރުތައް ނީލަމުން ނަންގަވާ ފަރާތަކުން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވައި އެފަރާތުގެ ބެލުމުގެދަށަށް ކޮންޓެއިނަރުތައް ގެންދަންވާނެއެވެ.

ކޮންޓެއިނަރތަކާބެހޭ އެހެނިހެން ބައެއް މަޢުލޫމާތު:

1- ދިގު 20' ފުޅާ 8' އުސް 8'

2- ޓައިޕް: SS2 WN3A      

3- އުފެއްދި ތާރީޚު: 4/2006  

4- މެނުފެކްޗަރސް ނަންބަރު : ކޮންޓެއިނަރ1 SR109463     ކޮންޓެއިނަރ2 SR109453   

   މި ދެ ކޮންޓެއިނަރަކީވެސް ތްރީފޭސް ދެ ކޮންޓެއިނަރެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ފައިނޭންސް އޮފިސަރ މޫސާ ނަޞީރު (9860060) އަށް ގުޅުއްވުން އެދެމެވެ. ކޮންޓެއިނަރތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ދެކޮންޓެއިނަރ ނީލަން ކިޔުމަށް ކުރިން ކޮށްފައިވާ ނަންބަރު B-1/389/2013/16ފ(20 މާރިޗު 2013) އިޢުލާނާ ގުޅިގެން ނީލަން ކާމިޔާބުކުރި ފަރާތުން ކޮންޓެއިނަރގެ އަގު ދައްކާފައިނުވާތީ އެ ނީލަން ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

04 ޞަފަރު 1436

26 ނޮވެންބަރު 2014