ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)394/INDIV/2014/1019
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 04 ޑިސެންބަރު 2014 14:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:                އެޑްމިނިސްޓްރޭޓިވް އޮފިސަރ         

ރޭންކް:                ޖީ އެސް 4

ކްލެސިފިކޭޝަން:          ސަޕޯރޓް އޮފިސަރ ގްރޭޑް 2

ވަޒީފާއަދާކުރަންޖެހޭތަނާއިރަށް:   ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:               ކޯޕަރޭޓް އެފެއާޒް

މަޤާމުގެގިންތި:           ދާއިމީ

މުސާރަ:              5020.00 ރުފިޔާ              

ސަރވިސް އެލަވަންސް:     1500.00 ރުފިޔާ                      

ބޭނުންވާ އަދަދު:         1 (އެކެއް)

މަޤާމުގެ ޝަރުތު:

* އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުން، ނުވަތަ

* މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޢީ" ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

* ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ކޮންމެއަހަރެއްގެ ޖުލައިމަހު ކައުންސިލްގެ އަހަރީ ބަޖެޓް ސްޓޭޓްމަންޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ކައުންސިލުގެ ދާއިރާއިން ރައްޔިތުންނަށް ބައްދަލްވުން ބޭއްވުމުގެ 7 ދުވަސްކުރިން އާންމުންނަށް ހާމަކުރުމާއި، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލު ތައްޔާރުކުރުމާއި ބަޖެޓަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހޯދުމާއި، ރަށުގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް، އަތޮޅުކައުންސިލަށް 31 ޖުލައިގެ ކުރިން ފޮނުވުން.
  2. ކޮންމެ މަހަކު ފިނޭސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ކޭސްފްލޯ ތައްޔާރުކޮށް ފޮނުވުމާއި، ބަޖެޓް ބާކީ ބެލެހެއްޓްމާއި، ރިޕޯޓު ތައްޔާރުކޮށް ފޮނުވުމާއި، ބަޖެޓަށް ބޭނުންވާ ބަދަލުތަށް ގެނައުމަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވައި ބަދަލުތައް ގެނެސް ބަޖެޓް ކޮންޓްރޯލްކޮށް ބެލެހެއްޓުން.
  3. ގޯތިގޯއްޗާއި، މަގުމަގަށްއަރާ ރުއްގަހުގެ މައްސަލަތައް ބަލައި އިދާރީގޮތުން އެމައްސަލަތައް ހަމަޖައްސައިދިނުން.
  4. ކޮންޓްރެކްޓް އުސޫލުން ޙަވާލުކުރަންޖެހޭ މަސައްކަތްތަށް މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޙަވާލުކޮށް އެމަސައްކަތްތަށް ހިނގަމުންދާގޮތް ބެލެހެއްޓުމާއި، އެކަމާބެހޭ ލިޔެކިއުންތަކާއި، ހިސާބުތައް ބެލެހެއްޓުން. 
  5. ހޮވާ ތަކެއްޗާއި ލައްގުވާ ތަކެތީގެ ކަންތައްތައް ބަލަހައްޓައި ނީލަންކިޔަންޖެހޭ އެންމެހާ ތަކެތި ގަވާއިދުން ނީލަން ކިޔައި، ހިސާބު ބެލެހެއްޓުން.
  6. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތު ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %49)

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8) 

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ބޭނުންވާ ސިފަތައް  (ކަނޑައެޅިފައިވާ އިންސައްތަ: %43)

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އާއި ގުޅިގެން ދެވޭ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)

3. ސަރުކާރު ނުވަތަ ސިވިލް ސަރވިސަ އަށް ޚިދުމަތް ކުރުމުގެ ބޮންޑެއްގައި ހުރިނަމަ ވަޒީފާ އަދާ ކުރާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން .

4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތު އެގޭނޭ ރަސްމީ ލިޔުމެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ( ދެފުށް ސާފުކޮށް ކިޔަން އެނގޭފަދަ) ކޮޕީ.

6. ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)

* ކޮޕީ ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުމެއްގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. 

އިންޓަރވިއު އަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި ތާރީޚު:

މި މަޤާމަށް އެދިލައްވާ ފަރާތް ތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު: އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ ގައި އޮންނާނެއެވެ. (ލަސްވެގެން އިންޓަރވިއު އޮންނަ ދުވަހުގެ 2 ދުވަސް ކުރިން ) އަންގާނެއެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 04 ޑިސެންބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާއަށް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780039 ނަންބަރާ ގުޅުއްވުން އެދެމެވެ.

01 ޞަފަރު 1436

23 ނޮވެންބަރު 2014