ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)394/INDIV/2014/1020
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 04 ޑިސެންބަރު 2014 14:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު:                     އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:                     އެމް.އެސް،3

ކްލެސިފިކޭޝަން:                ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3

އޮފީސް /އިދާރާ                 ތ. އޮމަދޫ ކައުންސިލުގެ އިދާރާ

ސެކްޝަން:                  ކޯޕަރޭޓް އެފެއާޒް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:          ތ. އޮމަދޫ ކައުންސިލުގެ އިދާރާ

މުސާރަ:                    7035.00 ރުފިޔާ

ސަރވިސް އެލަވަންސް:            2000.00 ރުފިޔާ     

ބޭނުންވާ އަދަދު:                1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  • އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު އެޑުމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު އެޑުމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ
  • އެޑްމިނިސްޓުރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް  6 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ކައުންސިލްގެ މަޝްވަރާގެ މަތިން ކައުންސިލް އިދާރައިގެ ބަޖެޓް ތައްޔާރު ކުރެވެމުންދާގޮތް ބެލުން. 
  2.  ކައުންސިލް އިދާރައިގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ތެރެއިން މަރާމާތު ކުރަންޖެހޭ ތަންތަން ބަލައި އެފަދަ ތަންތަން މަރާމާތު ކުރުމަށްޓަކައި މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
  3.  ކޮންޓްރެކްޓް  މަސައްކަތްތައް ކައުންސިލުން ނިންމާގޮތެއްގެ މަތިން ހިނގާނުހިގާގޮތް ބެލުން.
  4.  ޝަރުޢީކޯޓްތަކުން ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ޝަރުޢީ ކޯޓްތަކާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވުން.
  5.  ކަނޑު އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ސެޓްފިކެޓް ހަދައިދިނުމުގެ މަސައްކަތް.
  6.  އަނގަބަހުން ހުށަހަޅާ މައްސަލަތައް ލިޔެ އެމައްސަލަ ކައުންސިލަށް ހުށަހަޅާ ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.
  7.  ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ކައުންސިލްގެ މަޝްވަރާއާއެކު ބަލާ އަޅަންޖެހޭ ފިޔަވަޅެއް އެޅުން.
  8.  މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްގެ މަޝްވަރާގެ މަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
  9.  އެއް ގޯއްޗެއްގެ ހުންނަ ތަކެތިން އަނެއް ގޯއްޗަކަށް ދަތިވާތީ ހުށަހެޅޭ މައްސަލަތައް ބަލައި ކައުންސިލްގެ މަޝްވަރާގެ މަތިން އަޅަޖެހޭ ފިޔަވަޅު އެޅުން.
  10.  ކޯޕަރޭޓް އެފެއާޒްގެ މަސައްކަތް ހިނގާނުހިގާގޮތް ބަލައި ސުޕަވައިޒް ކުރުން.
  11. އޮފީހުންކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަރވިއު އާއި ޕްރެކްޓިކަލްސްއަށް ބެލޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ގެތެރޭގައި ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ ލިޔުމުން އެކަން އެންގުމާއެކު އިންޓަވިއު އޮންނަކަން 2 ދުވަހުގެ ކުރިން ލިޔުމަކުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ކޮޅުމަޑުލު އޮމަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު  ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ).

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ނަމަވެސް ވަޒީފާ އިޢުލާން ކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު). (އެޓެސްޓުކޮށް ހުށަހަޅާ ލިޔުންތަކުގައި، އެޓެސްޓު ކުރި ފަރާތުގެ ނަމާއި ތާރީޚާއި ސޮއި އަދި އެޓެސްޓުކުރި އޮފީހެއްގެ ތައްގަނޑު ޖަހާފައިނުވާނަމަ އެ ލިޔުންތައް ބަލައިނުގަނެވޭނެއެވެ).

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  މި އިދާރާގެ ނަންބަރު: 6780039 ފޯނާއެވެ.

01 ޞަފަރު 1436   

23 ނޮވެންބަރު 2014